
ފާއިތުވެދިޔަ ތިން އަހަރުގެ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީގެ ފައި ބިންދައިގެން ހިނގައްޖެ އެވެ. އޭނާގެ ވާތުފައިގެ ތަނބިކަށީގެ ތިރިން ބިންދައިގެން ދިޔައީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ. އެއީ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ދެ ވަނަ ލެގުގައި ޖަރުމަނާ ދެކޮޅަށް ކުޅެން ތައްޔާރުވަނިކޮށެވެ. ބޮންމާޓީ ވަނީ ފައިނަލްގެ ފުރަތަމަ ލެގުގައި 77 މިނިޓް ކުޅެފަ އެވެ. އޭނާ އަށް ދެން ކުޅެން ނުކުމެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ފައިގެ ކަޑިގަނޑު ބިނދިފައިވާކަން އެނގުނީ ޕްރެކްޓިހުގައި ހުއްޓައި ތަދުވެގެން ހެދި ޓެސްޓްތަކުން ކަމަށެވެ. އަދި ކުޅުންތެރިޔާ އިތުރު ފަރުވާ އަށް ދެން ދާނީ އޭނާގެ ކުލަބު ބާސެލޯނާ އަށް ކަމަށެވެ.
އުމުރުން 27 އަހަރުގެ އައިޓާނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ޔޫރޯ އަދި ޗެމްޕިއަންސް ލީގުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ސްޕޭނުގެ އަންހެން އިނިއެސްޓާގެ ނަމުން ވެސް މަޝްހޫރުވެފައިވާ އައިޓާނާ ނެތުމަކީ ސްޕޭނާއި ބާސެލޯނާ އަށް ވެސް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. އެއީ އޭނާ ފަދަ ދެ ވަނަ އެހެން ކުޅުންތެރިއަކު މިވަގުތު ފެންނަން ނެތުމުންނެވެ.
ބޮންމާޓީ އަކީ ބާސެލޯނާގެ ލަމާސިއާއިން ތަމްރީނުވި ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ ބާސްކެޓްބޯޅަ އެވެ. އެކަމަކު އުމުރުން ހަތް އަހަރުގައި ފިރިހެން ކުދިންނާއެކު ފުޓްބޯޅަ ކުޅެ އެމީހުންނަށްވުރެ އޭނާ މޮޅުކަން ދައްކައިދިނެވެ. ލަމާސިއާއިން ފުރުސަތު ލިބުނީ މި ހިސާބުންނެވެ. އޭނާ ވަނީ ސްޕޭނަށް 83 މެޗުން 31 ގޯލު ޖަހައިދީފަ އެވެ. އަދި ބާސެލޯނާ އަށް 215 މެޗުން 78 ގޯލު ޖަހައިދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
