
ސްޕެނިޝް ލީގުގެ އެއްވަނާގައި މިހާތަނަށް ހިފަހައްޓަމުން އައި ރެއާލް މެޑްރިޑް އެ ފުރުސަތު ނަގާލައިފިއެވެ. ލީގުގައި ރޭ ޖިރޯނާއާ ވާދަކޮށް ރެއާލް އެއްވަރުވީ 1-1އިންނެވެ. ޖިރޯނާގެ އޮއުނާހީ 45 ވަނަ މިނިޓްގައި ގޯލު ޖަހާފައި ވަނިކޮށް ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްޕާބޭ އެވެ. މި މެޗު އެއްވަރުވުމުން ރެއާލް ވަނީ 33 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެއްވަނާގައިވަނީ 34 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވިނަމަ އެއްވަނާގައި އޮންނާނީ ރެއާލް އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ސީޒަނުގައި މިފަދަ ގޮތްތައް ވެސް މެދުވެރިވާނެ ކަމަށާއި ޖެހޭނީ ކެތްތެރިކަމާއެކު މަސައްކަތް ކުރަން ކަމަށެވެ. “އަހަރުމެންނަށް ފުރުތަމަ ހާފުގައި އެކަށީގެންވާ ވަރަށް ނުކުޅެވުނު. ދެ ވަނަ ހާފު ރަނގަޅު. ފުރުސަތުތަކެއް ވެސް ހޯދުނު. އެކަމަކު މައްސަލައަކަށް ދިމާވީ ލިބުނު ފުރުސަތުތަކުގައި ޖެހި ބޯޅަތައް ގޯލާ އަމާޒު ނުކުރެވުން. ސީޒަނުގައި މިފަދަ ގޮތްތައް ވެސް ދިމާވާނެ. އަހަރުމެން ޖެހޭނީ މި ފަދަ ކަންކަމަށް ކެތްތެރިވެގެން ކުރިއަށްދާން. އަބަދުވެސް ދެން އޮންނަ މެޗަށް ތައްޔާރުވާން،” އަލޮންސޯ ބުންޏެވެ.
އޭނާ ބުނީ ރެއާލް މެޑްރިޑުން މި މެޗުގައި އެންމެ ރަނގަޅަށް ކުރި ކަމަކީ މުޅި ސީޒަނުގައި ވެސް ކުރަމުން އައި މަސައްކަތްތައް ތތަކުރާރު ކުރުން ކަމަށެވެ. “އަހަރުމެން މި ސީޒަނުގައި ކުރިއަށް މިދަނީ ވަރަށް މަސައްކަތުން. ކުޅުންތެރިންގެ ފަރާތުން އެކަން ކުރަން ބޭނުންވިތަން ފެނުނު. މިއީ ހިތްހަމަ ޖެހުމެއް،” އަލޮންސޯ ބުންޏެވެ. ރެއާލް އަށް ދެން އޮންނާނީ މި ހަފުތާގެ ފަހުކޮޅު ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
