
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިރަސްމިއްޔާތު ބާއްވާފަވަނީ މިމަހުގެ 27 ވަނަ ދުވަހު ތައިލޭންޑުގައެވެ. ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ. މިރަސްމިއްޔާތުގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤު ހިމެނޭހެން ރާއްޖޭގެ ވަފުދަކުންވެސް ބައިވެރިވެވަޑައިގެންފަވެއެވެ.
ތައިލެންޑުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ހިމެނެނީ އެގައުމުގެ ޚާރިޖީ ވުޒާރާގެ ބޭފުޅުންނާއި، ޑިޕާޓްމަންޓު އޮފް ފިޒިކަލް އެޑިއޭޝަންގެ އިސްފަރާތްތަކުގެ އިތުރުން، ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީ އަދި ތައިލެންޑްގެ ކުޅިވަރު އޮތޯރިޓީގެ ބޭފުޅުންނެވެ.
ރާއްޖެއާއި ތައިލެންޑާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މިދާއިރާއިން މީހުން ތަމްރީނުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭއިރު، ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްޤީކުރުމަށް މިއެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މިއެއްބަސްވުމުގެ ދަށުން ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ފިޒިކަލް އެޑިއުކޭޝަނާއި ސްޕޯޓްސް އޮތޯރިޓީ އޮފް ތައިލެންޑް އަދި އެގައުމުގެ ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ރާއްޖެ އާއި ތައިލެންޑް ސަރުކާރާ ދެމެދު ކުޅިވަރު ދާއިރާއިން ޚިޔާލާއި މަޝްވަރާތައްވަނީ ބަދަލުކުރެވިފައެވެ.
މި ރަސްމިއްޔާތުގައި އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރުވަނީ 33 ވަނަ ސީ ގޭމްސް އަދި 13 ވަނަ އާސިއާން ޕެރެ ގޭމްސް އެގައުމުގައި ބާއްވާނެކަން ފާހަގަކުރައްވާފައެވެ. އެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަން (އާސިއާން)ގައި ހިމެނޭ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަން އާލާކުރުންކަމަށެވެ. އޭގެ އިތުރުން ވަޒީރު ވިދާޅުވެފައިވަނީ ތައިލެންޑާއި ރާއްޖެއާއި ދެމެދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
