
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މުހިންމު މޮޅެއް ހޯދައިފިއެވެ. މެޗު ޔޫވީން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިމެޗާ އެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 27 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ 22 ޕޮއިންޓް ހޯދައިގެން އޮތީ އޮޑި ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތީ 14 ޕޮއިންޓާ އެކު ބުރު ސްޕޯޓްސް ކްލަބް އެވެ. އަދި، އީގަލްސް އިން ފަސް ވަނައިގައި 13 ޕޮއިންޓާ އެކު އޮތްއިރު، ވިކްޓްރީ ސްޕޯޓްސް ކްލަބުން ހަ ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި އަށް ވަަނައިގައި އޮތް ކްލަބް ވެެލެންސިއާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި ނުވަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި އެންމެ ފުލުގައި ފުރަތަމަ ބުރު ނިންމި ގްރީން ސްޓްރީޓްސްގެ އޮތީ ފަސް ޕޮއިންޓެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން ދެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް ހޯދިފއެއް ނުވެއެވެ. ޔޫވީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި އެޓީމުގެ މިސްރު ފޯވާޑް މުސްތަފާ މަހްމޫދް އެލްޝާޒްލީ ދިން ބޯޅައަކުން މުސްލިމް މުހައްމަދެވެ. މި ހާފުގައި ކެޕްޓަން މުހައްމަދު ޖައިލަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދޔައީ ގޯލާ ސީދާ ނުވެ ބޭރަށެވެ. ދެވަނަ ހާފު ފަށައިގެން ގްރީން ޔޫވީގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ޔޫވިން ވަނީ ލިބުނު މަދު ފުރުސަތުތަކުގައި ގްރީންގެ އޭރިޔާ ތެރެއިން ނުރައްކާ ކޮއްފައެވެ. ޔޫވީން ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 59 ވަނި މިނިޓުގައި މަހްމޫދު އޭރިއާ ތެރެއިން ހިފައިގެންދިޔަ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ 77 ވަނަ މިނިޓުގައި އޮބައިދާ ކާދިމް އަހުމަދު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަރިމަތިން ދިޔައީ ބޭރަށެވެ.
ޔޫވީގެ ތިންވަނަ ލަނޑަކީ މެޗުގެ 78 ވަނަ މިނިޓުގައި ޕެނެލްޓީ އޭރިއާ ތެރެއިން ވެއްޓިގެންފަ އާދަމް ޝިޔާން މުހައްމަދު ކާމިޔާބުކޮއްދިން ލަނޑެކެވެ. މެޗުގައި ގްރީންއިން ޖެހި ހަމައެކަނި ލަނޑަކީ ލިބުނު ޕެނެލްޓީއަކުން ރިލްވާން ވަހީދު ކާމިޔާބުކޮއްދިން ލަނޑެކެވެ. މި ލަނޑު ރިލުވާން ކާމިޔާބުކުރީ މެޗުގެ 84 ވަނަ މިނިޓުގައެވެ. މިއީ ގްރީން އިން ފޮނުވާލި ހިލޭޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރެއިން އޭރިޔާ ތެރެއިން ޔޫވީ ކުޅުންތެރިއެއްގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނެލްޓީއެކެވެ. މެޗުގެ ފަހުކޮޅު ގްރީން އިން ވަނީ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮއްފައެވެ. މެޗަށް ނުކުތް އިރު ތާވަލުގެ ފުލުގައި އޮތް ޔޫވީ މިވަނީ މި މޮޅާއެކު 7 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. މިއީ ޔޫވީން ލީގުގައި ހޯދި ދެވަނަ މޮޅެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
