
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ކުރިމަތިލަނީ ތައްޓަށް ކަމަށާއި ވަރަށް އަވަހަށް ބިދޭސީ ކުޅުންތެރިންނާއެކު ނެރޭނީ ވަރުގަދަ ސްކޮޑެއް ކަމަށް މާޒިޔާގެ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަހުމަދު އާސިފް ބުނެފިއެވެ. މާޒިޔާ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު އާސިފް ބުނީ މާޒިޔާއަކީ ފުޓްބޯޅައިގައި އެންމެ ނަގާކިޔާ ޓީމުކަމާމެދު ޝައްކެތްނެތް ކަމަށާއި، އެހެންކަމުން ލީގުގައި މާޒިޔާއިން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ. “ޓީމު ހަމަ ވަރަށް ބޮޑަށް ތައްޔާރުވެފައި މިއޮތީ މުބާރާތަށް ދެން ހަމައެކަނި މިސިންގ ކަމަކަށް މީނީ ބޭރު ކުޅުންތެރިން، އެކުޅުންތެރިންވެސް ވަރަށް އަވަހަށް ޓީމާ ގުޅޭނެ” ކަމަށް ކޯޗު ބުންޏެވެ.
ލީގަށް މާޒިޔާއިން ނެރޭ އަންހެން ޓީމު އެކުލަވާލާފައިވަނީ ގައުމީ ޓީމުގެ ތަޖުރިބާހުރި ގިނަ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން އަދި ރަށްރަށުން އައިސްތިބި ކުޅުންތެރިންވެސް ހިމެނޭގޮތަށެވެ. މާޒިޔާގެ ފަރިތަކުންތަކުގައި މާފުށިން އަންނަ ހައެއްކަ ކުޅުންތެރިންނާއި އެހެން ރަށްރަށުން އައިސް ތިބި ކުޅުންތެރިންވެސް ބައިވެރިވާކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި ބިދޭސީ ކުޅުންތެރިންވެސް ވަރަށް އަވަހަށް ފަރިތަކުރުންތަކާއި ގުޅޭނެ ކަމަށް ކޯޗު ބުންޏެވެ. ޓީމުގެ ސްޓްރެންތާއި ގުޅޭ ގޮތުން ކޯޗު ބުނީ ގައުމީ ޓީމުގެ ޑިފެންސް ލައިން އެއްކޮށް ކަހަލަ ގޮތަކަށް މިއޮތީ މާޒިޔާގައި ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިންގެ ތަޖުރިބާ އައު ކުޅުންތެރިންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. “ވަރަށް ޕްރޮމިސިން ކުޅުންތެރިންވެސް އެބަތިބި ހަމަ މުސްތަގުބަލުގައި ވިދާލާނެ ކަހަލަ ކުޅުންތެރިންވެސް އެބަތިބި” ކޯޗު ބުޏްނެވެ.
“ކޮންމެ ޓީމަކަށް 7 މެޗު ލިބުމަކީ މީ ހަމަ ވަރަށް ބޮޑަށް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅުކަންނޭންގެ ކުރިޔަށްއޮތް ދުވަސްތަކަށް ބަލާއިރު، އެހެންވީމަ އަޅުގަނޑު ހަމަ އެފްއޭއެމްގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން” މާޒިޔާގެ އަންހެން ޓިމު ކޯޗު ބުންޏެވެ. ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު މާޒިޔާއަށް ކުޅޭ އައިޝަތު މާހީން ބުނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމުން އަލުން ފަށާ ވިމެންސް ލީގަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. މާހީން ބުނީ ކުލަބުތަކަށް ހުޅުވާލީމަ އެއީ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ މުބާރާތެއް ކަމަށެވެ.
“ގިނަ ކުލަބުތަކެއްގެ މެދުގައި ވާދަކުރެވެންޏާ ނުފެނި ހުރި ޓެލެންޓްސްވެސް ފެންނާނެ. އެހެންވީމަ އިތުރު ކުރިއެރުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަދި ގައުމީ ޓީމަށްވެސް އައު ރަނގަޅު ކުޅުންތެރިންތަކެއް ލިބުމުގެ ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ” ކަމަށް މާހީން ބުންޏެވެ. ލީގުގައި މާޒިޔާގެ އަންހެން ޓީމު ފުރަތަމަ ނިކުންނާނީ ބިސްބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މާހީން ބުނީ އެމެޗުގައި ހުރިހާ ކުޅުންތެރިންވެސް އެންމެ ރަނގަޅު ކުޅުން ދައްކާނެ ކަމަށާއި ހުރިހާ މެޗެއްވެސް ކާމިޔާބުކުރުމަށް ޓީމެއް ގޮތަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. އަދި ލީގަށް ވަމުންދާ ތައްޔާރީތައް ކުރިޔަށް ދަނީ ވަރަށް ރަނގަޅަށްކަމަށެވެ.
އަދި ލީގަށް އަންހެން ޓީމު ތައްޔާރުކުރުމުގައި މާޒިޔާގެ މެނޭޖުމެންޓުން އޭނާއަށް ދޭ އެއްބާރުލުމާއި ޓީމަށް ދޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށް ކޯޗު ބުންޏެވެ. އަދި މި މުބާރާތް އަލުން ހުޅުވާލުމުން އެފްއޭއެމަށް ޝުކުރު އަދާކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
