
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއަށް ޓެނިހުގައި އަދިވެސް ކާމިޔާބީތައް ހޯދޭނެ ކަމަށާއި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ބޭރު ގައުމުތަކުގެ ޓޯނަމަންޓުތަކުގައި ބައިވެރިވެވޭ މިންވަރު އިތުރު ކުރަންޖެހޭ ކަމަށް ގައުމީ ޓެނިސް ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ. ކުޅުންތެރިންނަށް އެކި ގައުމުތަކުގެ ކޯޓުތައް ތަޖުރިބާކޮށް ކޮންޑިޝަނިންއާއި އެހެން ގައުމުތަކުގެ މާހައުލުތަކަށް ހޭނެން ޖެހޭކަމަށް ރާއްޖޭގެ ގައުމި ޓީމަށް އިރުޝާދު ދެމުން އަންނަ އީރާނުގެ ތަޖުރިބާކާރު ކޯޗު ބުންޏެވެ. ޓެނިހުގެ ވޯލްޑް ކަޕަކީ 5 ނުވަތަ 6 ދުވަހުގެ ޓޯނަމަންޓެއް ކަމަށާއި އެއީ ވަރަށް ހައި އިންޓެންސިޓީގައި ކުރިޔަށް ގެންދާ މެޗުތަކެއް ކަމަށް ފާހަގަކޮށް ކޯޗު ބުނީ އޯޑިއަންސާ ސަޕޯޓަރުންގެ ޕްރެޝަރވެސް އެ މުބާރާތުގައި ވަރަށް މަތިވާނެ ކަމަށެވެ. އެހެންކަމުން މިކަހަލަ ކަންކަމަށްވެސް ކުޅުންތެރިން ހޭނި އެ ޕްރެޝަރ ހޭންޑްލް ކުރެވޭނީ އޯޑިއަންސާއެކު ކުޅޭ މަތީ ފަންތީގެ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތަޖުރިބާ ރާއްޖޭގެ އަރަމުން އަންނަ ޓެނިސް ކުޅުންތެރިންނަށް ލިބިގެން ކަމަށެވެ.
“ޑޭވިސްކަޕްގެ ޕްރެޝަރ އެހެން އެއްވެސް ޓޯނަމަންޓެއްގައި އިހުސާސެއް ނުކުރެވޭނެ. އެހެންވީމަ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ވަރަށް ރަނގަޅަށް ކުޅުންތެރިން ތައްޔާރުވާން ޖެހޭނެ ގޭމް ހޭންޑްލްކުރަން ނުވަތަ އެތަނުގައި ކުޅެން” ކޯޗު ބުންޏެވެ. ކޯޗު ބުނީ އެފަދަ ބޮޑެތި މުބާރާތްތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ހަގު ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންވެސް ބޭރު ގައުމުތަކަށް ގޮސް އެކި ގައުމުތަކުގެ ކުޅުންތެރިންނާއެކު މިހާރަށްވުރެ ގިނައިން ހައިލެވެލް މުބާރާތައް ކުޅެން ޖެހޭ ކަމަށެވެ. ބިލީ ޖީން ކިންގް ކަޕާއި ޑޭވިސް ކަޕް ކަހަލަ މުބާރާތްތައް ކާމިޔާބުކުރަން ބޭނުންނަމަ ރާއްޖޭގެ ކުޅުންތެރިންނަށް ބޭރުގެ ތަޖުރިބާ މުހިންމު ކަމަށް ކޯޗު ފާހަގަކުރިއެވެ. ދޮޅު އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ގައުމީ ޓީމާ ގުޅުނު ކޯޗު ބުނީ ރާއްޖެއަށް ޓެނިހުގައި އިތުރު ކާމިޔާބީތައް ހޯދައިދިނުމަށް ޓެނިސް އެސޯސިއޭޝަނާއި ކުޅިވަރު ވުޒާރާއިން ދެއްވާ އެއްބާރުލުމާމެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
ގައުމީ ޓީމުގެ ފެންވަރު މަތިކުރުމަށް އީރާނުގެ ކޯޗު އަލީ ރިޒާ ޓީމާ ހަވާލުވިފަހުން ރާއްޖެ ވަނީ ސަރަހައްދީ ފެންވަރުގައި ވާދަވެރި ގައުމުތައް ބަލިކޮށް މުބާރާތްތަކުން ހޯދި ރަނގަޅު ކާމިޔާބީތަކާއެކު ދުނިޔޭގެ ރޭންކިންގައި 21 ދަރަޖައިގެ ކުރިއެރުމެއްވެސް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީމު ބިލީ ޖީން ކިންގް ކަޕްގެ އޭޝިއާ/އޯޝޭނިއާ ގުރޫޕް 5 ގެ އެއްވަނަ ހޯދާ ދުނިޔޭގެ ރޭންކިގައި ވަނީ 81 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. މީގެ ކުރިން އަންހެން ރޭންކިންގައި ރާއްޖެ އޮތީ 101 ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
