
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ ވިމެންސް ލީގަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ނުކުންނާނީ ވަރަށް ޒުވާން އުންމީދީ ޓީމަކާއެކުކަމަށް އެޓީމުގެ ކޯޗު އާމިނަތު ޝިޔާނާ ބުނެފިއެވެ. ލީގުގެ ކުރިން މާފަންނު ޓާފުގަައި ކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝިޔާނާ ބުނީ އެކުލަބުގެ މަގްސަދަކީ ފުޓްބޯޅަ ކުޅެން ބޭނުންވެފަ ތިބި ޒުވާން ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލީގުގައި އެޓީމުން ފެނިގެންދާނީ އައު މޫނުތަކެއްކަމަށާއި އެއީ ހުނަރުވެރި އުންމީދީ ކުޅުންތެރިންތަކަކަށްވާނެކަމަށް ގަބޫލުކުރާކަމަށެވެ.
“ކުޅުންތެރިންނާ ދޭތެރޭ އަސްލު ވަރަށް ހިތްހަމަޖެހޭ. ޓީމުންވެސް ތިޔަ ބޭފުޅުންނަށް ފެންނާނެ ވަރަށް އައު މޫނުތަކެއް، ޔަންގު ކުދިން. އަޅުގަނޑުމެންގެ ޓާގެޓަކީ މީގެ ތެރެއަށް ޔަންގު އަންހެން ކުދިން ނެރެގެން ފުޓްބޯޅައަށް ފުރުސަތު ނުލިބިފަ ތިބި ކުދިންނަށް ފުޓްބޯޅަ ކުޅެން ފުރުސަތު ދޭން” ޝިޔާނާ ބުންޏެވެ. ޒުވާން ޓީމަކާއެކު ވިކްޓްރީއިން ލީގާ ކުރިމަތިލާން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އެޓީމުގައި އޮފިޝަލުންގެ ގޮތުގައިވެސް ހަރަކާތްތެރިވަމުންދަނީ އަންހެން އޮފިޝަލުންތަކެކެވެ. އޭގެ ތެރޭގައި ރާއްޖޭގަ މިވަގުތު ހުރި އެންމެ ވަރުގަދަ އެއް ފިޓްނެސް ކޯޗު މުއީނާވެސް ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވިކްޓަރީ)
ޝިޔާނާ ބުނީ ޓީމާ ބިދޭސީ ދެ ކުޅުންތެރިއަކުވެސް ގުޅިފައިވާކަމަށެވެ. އެގޮތުން އުޒްބެކިސްތާނުގެ ދެ ކުޅުންތެރިންނާއެކު ޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގަކަމަށް އޭނާ ފާހަގަކުރިއެވެ. ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވިމެންސް ލީގު ފަށާ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ވާދަކުރަން ޓީމު އޮތީ ތައްޔާރަށްކަމަށާ އުންމީދަކީ ފުރަތަމަ މެޗުވެސް ކާމިޔާބުކޮށް ހިތްވަރާއެކު ނުކުމެ ލީގުގެ ތަށި އުފުލާލުންކަމަށް އޭނާ ބުންޏެވެ. “ޓީމު އިނީ ވަރަށް ރަނގަޅު ކިކުގަ ޑިސެމްބަރު 1 ވަނަ ދުވަހު ޓީސީއާ އެއްކޮށް ކުޅޭ މެޗަށް ތައްޔާރުވެފަ. ޓީމު އެއްކޮށް ފުލް ސްކޮޑް އަދި ކިރިޔާ މި ހަމަވީ ބޭރު ޕްލެޔަރުންނާ އެއްކޮށް. ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިންނާ ދޭތެރޭ” ޝިޔާނާ ބުނެފަވެއެވެ.
ޖުމްލަ 6 ޓީމު ވާދަކުރާ އެފްއޭއެމް ވިމެންސް ލީގަށް ވިކްޓްރީއިން ނުކުންނާނީ ތަށްޓަށް އަމާޒުކޮށްގެންކަމަށް ކޯޗު ބުންޏެވެ. ކޯޗު ބުނީ ވިކްޓްރީއަކީ އަބަދުވެސް ތަށްޓަށް އަމާޒު ހިފައިގެން ކާމިޔާބީ ހޯދުމުގެ ރޫހުގައި މަސައްކަތްކުރާ ކުލަބެއްކަމަށާ މިފަހަރުވެސް ލީގާ ކުރިމަތިލާނީ އެ އަޒުމުގަކަމަށެވެ. “ވިކްޓްރީގެ ޓާގެޓަކީ، އަބަދުވެސް ވިކްޓްރީއަކީ ތަށްޓަށް މަސައްކަތްކުރާ ބައެއް. އިންޝާﷲ އަޅުގަނޑުމެންގެ ޓާގެޓަކީ ފައިނަލަށް ގޮސް ތަށްޓަށް މަސައްކަތްކުރުން” ޝިޔާނާ ބުންޏެވެ. ވިމެންސް ލީގު މާދަމާ ފަށާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. މިމެޗު މާދަމާ ހަވީރަށް ތާވަލުކޮށްފަވާއިރު އެރޭ ލީގުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
