
ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކުން ކުރިއަށްގެންދާ ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ކްރައުން އެންޑް ޗަމްޕާ ކުންފުނިން 10،001 އެމެރިކާ ޑޮލަރު ހަދިޔާކޮށްފިއެވެ. ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ އެކި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 25 އިންސައްތަ ނިސްބަތްވަނީ ސްރީލަންކާއަށެވެ. އެމުވައްޒަފުންގެ ޤައުމަށް ކުރިމަތިވީ މިހިތްދަތި ހާލަތުގައި ޗަމްޕާ ކުންފުނިންވަނީ ސްރީލަންކާގެ ރައްޔިތުންނަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ޓެލެތޯންގެ ތެރެއިން ކްރައުން އެންޑް ޗަމްޕާ ކުންފުނިންވަނީ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިހަހާސް އެއް ޑޮލަރު ހަދިޔާކޮށްފައެވެ.
ކްރައުން އެންޑް ޗަމްޕާ ކުންފުންޏާއި ދިވެހިން އަންނަނީ އަވައްޓެރި ޤައުމުތަކަށް ކުރިމަތިވާ މިފަދަ ކާރިސާތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ސްރީލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އެޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔުމުން ކާރިސާތައްވަނީ ކުރިމަތިވެފައެވެ. މިކާރިސާގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ހާލުގައިޖެހިފައިވާ މިދަނޑިވަޅުގައި ދިވެހި މީޑިއާތަކުންވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 16 ގަޑިއިރުގެ ޓެލެތޯނެއް ފަށާފައެވެ. ދިވެހި ސަރުކާރުންވެސްވަނީ ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށް 50،000 ޑޮލަރާއި 25 ހާސް ކޭސް މަސްދަޅު ދިނުމަށް ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
