
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީ ތަމްސީލު ކުރާ ކެނޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ އެތެރޭގެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ކެންޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ، ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބާއި ގުޅިގެން ޕީއެންސީން ބާއްވާ ޕްރައިމަރީގައި ވަރަށް ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ފަލާޙު ވިދާޅުވީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަން ހަމަޖެހިފައިވާ ކަމަށާއި އިންތިޚާބާއި ގުޅޭ މަޢުލޫމާތު ޕީއެންސީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިމަތިލުމުގެ ފުރުޞަތު ދޭއިރު، ކުރިމަތިލެވޭނީ ޕާޓީގެ ވެބްސައިޓުގައި އޮންނަ އޮންލައިން ފޯމެއް މެދުވެރިކޮށް ކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، މިވަގުތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ދަފުތަރުވެފައިވާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
“މިވަގުތު ޕާޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެ. އެކަމަކު ޕީއެންސީގެ މެންބަރަކަށް ވުމަށް އެދި ފޯމު ހުށައަޅަން ޖެހޭނެ އީސީއަށް. މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ މެންބަރުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުން.” ފަލާޙު ވިދާޅުވިއެވެ. ފަލާޙު ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބޭނީ، އެ މީހަކު ރަޖިސްޓްރީވެފައި އޮންނަ ރަށެއްގައި ހުންނަ ވޯޓު ފޮއްޓަށް ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން ޕީއެންސީގައި 68،665 މެންބަރުން އެބަތިއްބެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
