
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ޓެލެތޯންއިން ފެނިގެން ދަނީ، އަވަށްޓެރި ޤައުމުތަކާއި މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތު ކަމަށާއި، ޤައުމީ ކޮންމެ ކަމެއްގައި އެހީތެރިވުމަށް ޕީއެންސީގެ ޕަލިމަންޓްރީ ގްރޫޕުން އޮންނާނީ ބަދަހިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ވަނީ، “ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށް 300،000 ރުފިޔާ ހަދިޔާކޮށްފައެވެ. ޕީ.އެން.ސީގެ މި އެހީއާއި ޕީއެސްއެމްގެ ފަރާތުން ޙަވާލުވެ ވަޑައިގަތީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިން ރަޝީދެވެ.
އެހީ ޙަވާލުކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ކިޔާ ކަމަށާއި ޙާލުގައި ޖެހިފައިވާ އާއިލާތަކަށް ޙަމްދަރުދީ ފޮނުވާ ކަމަށެވެ. ލަންކާއާއި ރާއްޖެއަކީ، އެއްބަނޑު އެއްބަފާ ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވާ ވިދާޅުވީ، އެހީވުމުގައި އެންމެ ފުރަތަމަ އިސްނެގި ޤައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އަވަށްޓެރި ޤައުމުތަކާއިއެކު ގެންގުޅުއްވާ ޙާރިޖީ ސިޔާސަތުގެ ވަރުގަދަކަން ކަމަށެވެ.
“މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ވަރުގަދަ ކަމާއި ހަރުދަނާކަން މި އިނގިގެންދަނީ. މިހާ އަވަސް ފިޔަވަޅުތަކެއް ނަގާ އެހީތެރިކަން ދޭތީ، ދިވެއްސަކަށްވީތީ ފަޚުރުވެރިވަން. މިފަދަ ޤައުމީ ކަންކަމުގައި ޕީއެންސީ ބަދަހިކޮށް އެކުވެރިކަމާއެކު އެ ކުރަން ޖެހުނު ކަމެއް ކުރުމަށް. ރައީސްގެ ސިޔާސަތުތައް ނަގަހައްޓަން ފުރިހަމައަށް އެއްބާރުލުން ދިނުމުގައި.” ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޢަބްދުއްރަޙީމް ވަނީ، މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން، ހުރިހާ ފަރާތްތަކުންވެސް ވެވުނު މިންވަރަކުން އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ވިޔަފާރިތަކާއި، ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިއީ، އިންސާނީ ވާޖިބެއް ކަމުގައި ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ޢަބްދުއްﷲވަނީ، ކާބަފައިންގެ އިރުއްސުރެ، ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް އަޙުވަންތަކަމާއި، އެއްގޮތްވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިގެން ގިނަ ބަޔަކު ލަންކާގައި ދިރިއުޅެމުންދާއިރު، ލަންކާގެ ގިނަ ރައްޔިތުންތަކެއް ރާއްޖޭގައި އެކި ބޭނުންތަކުގައި ދިރިއުޅެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާޙިމް ފަލާޙު ވިދާޅުވީ، މި އެހީއަކީ ދާއިރާތަކުގެ ރައްޔިތުންނާއި ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ޕީޖީ ގްރޫޕުން ދޭ އެހީއެއް ކަމަށެވެ. އަދި މިގޮތަށް ގޮވާލާ ކޮންމެ ގޮވާލުމެއްގައި، އެންމެ ކުރީސަފުހައި ނިކުމެ ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ. “މި އެހީ އަޅުގަނޑުމެން ޙަވާލުކުރުން މި ރަމްޒުކޮށްދެނީ، ކޮންމެ މެންބަރެއްގެ ދާއިރާގެ ރައްޔިތުން، ޖުމްލަކޮށް މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން. އުއްމީދުކުރަނީ، ލަންކާ މި ޙާލަތުން އަރައިގަނެ، ޤައުމު އާރާސްތުވުން.” ފަލާޙު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
