
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގެ އިރުމަތީގައި އޮންނަ މަވިލް އަރޫ ސަރަޙައްދުގައި ތާށިވެފައި ތިބި 121 މީހުން ސަލާމަތްކޮށް ރައްކާތެރި ސަރަޙައްދަކަށް ބަދަލުކޮށްފިއެވެ. މަވިލް އަރޫގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ދަތުރުފަތުރަށް ބުރޫއަރައިފައެވެ. އެެހެންކަމުން އެ ސަރަޙައްދުން މީހުން ސަލާމަތްކުރުމަށް ބޭނުންކޮށްފައި ވަނީ އަސްކަރީ ހެލިކޮޕްޓަރެވެ. ސްރީ ލަންކާއަށް ކުރުމަތިވި ތޫފާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާތަކުގައި 200 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ގެއްލުނު 228 މީހުން ހޯދުމުގެ މަސައްކަތް ސްރީ ލަންކާގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ކުރަމުންނެވެ. ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ތޫފާން ދިތުވާގެ އަސަރު އެ ޤައުމުގެ އެއް މިލިޔަން މީހުންނަށް ކޮށްފައިވެއެވެ.
އިޤްތިޞާދީ އަނދަވަޅަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އިތުރު ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ، ތޫފާނުގެ ސަބަބުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތްތަކަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވެއެވެ. ސްރީ ލަންކާގެ އިތުރުން ތޫފާން ދިތުވާގެ އަސަރު ވަނީ ދިވެހިރާއްޖެއާއި އިންޑިޔާއަށް ވެސް ކޮށްފައެވެ. އެ ގޮތުން އިންޑިޔާގެ ތަމިލް ނާޑޫގެ ސަރަޙައްދުތަކަށް ވަނީ ރަތް ސަމާލު ނެރެފައެވެ. ތަމިލް ނާޑޫގެ އިތުރުން އިންޑިޔާގެ އިރުދެކުނުގައި އޮތް ޕުދުޗެރީގެ ސަރަޙައްދުތަކާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
