
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެކަމަށް ގޮވާލެއްވީ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަލަސްޠީނު ރައްޔިތުންނާއެކު އެއްބައިވައްތަކަން ހާމަކުރުމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ފަލަސްޠީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުގަނގު އަސޭރީގެ އިތުރު ބިންތައް ހިފައި ޔަހޫދީން އާބާދު ކުރުވުމާއި، ފަލަސްޠީނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ހަމަޖެހުން ޤާއިމްކޮށް އިޤްތިޞާދީ ގޮތުން ފާގަތިކަން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
As we observe the International Day of Solidarity with the Palestinian People, the reality on the ground remains devastating. The violation of the fragile ceasefire, relentless Israeli strikes on Gaza, continued settlement expansion, and severe restrictions on daily life deny… pic.twitter.com/TuZ9HpF8T5
— Dr Mohamed Muizzu (@MMuizzu) November 29, 2025
ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާލަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ގޮވާލައްވާ އެކުގައި މަސައްކަތްކޮށް މާނަހުރި ފިޔަޅުތައްކެއް އެޅުމަށް ގޮވާލައްވާފައެވެ. މިކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް އެ ޤައުމުގެ ރައްޔިތުނުންގެ އުއްމީދުތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ، ޢެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ ދިވެހިން ފަލަސްޠީނާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް 1967 ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެޤައުމުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކޮށް ކުރަމުންދާ ޤައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިމައްސަލާގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އިތުރަށް ވަރުގަދަކޮށް ބައިނަލްއަޤްވާމީ އެކި މަންސަތައް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ވާކާލާތު ކުރުމަށް ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ސަރުކާރު ވަޒީރުންނާއި އެކި އޮފިޝަލުން އަދި ޚުދު ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި މިކަމަށް ގޮވާލައި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދަ ޖަރީމާތަކަށް އެ ދައުލަތާއި އެކަމުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ އދ. އާންމު މަޖިލީހުން 1977 ގައި މި ދުވަސް ފާހަގަކުރުމަށް ނިންމައިގެންނެވެ. އެގޮތުން މެންބަރު ޤައުމުތަކުން މިކަމުގައި ވީހާވެސް ބޮޑަށް ބައިވެ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ އދ. މި ދުވަސް ފާހަގަކުރުމަށް ނިންމުމުގެ މަޤްޞަދެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
