
(ފޮޓޯ ކްރެޑިޓްސް: ދިވެހި ހައިކޮމިޝަން)
ސްރީލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާދިސާގައި އެހީތެރިކަން ބޭނުންވެފައިވާ ދިވެހިންނަށް ޒަރޫރީ އެހީ ދިނުމުގެ މަސައްކަތް ދިވެހި ހައިކޮމިޝަނުން ފަށައިފިއެވެ. ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ރިޕޯޓުކުރުމަށް ވަނީ ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައެވެ. އަދި ހައި ކޮމިޝަނުން އަންނަނީ ދިވެހީންގެ ހާލު ގާތުން ބަލަމުންނެވެ.
ހައިކޮމިޝަނުން ވިދާޅުވީ އެހީތެރިކަމަށް އެދުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ލަންކާގެ އެކި ސަރަޙައްދުތަކުގައި ކާބޯތަކެތި ހޯދުމަށް ދަތިވާ ދިވެހިންނަށް ކާ އެއްޗެއްސާއި ފެން ބޭނުންވާ ފަރާތްތަކަށް އެތަކެތި ދަނީ ފޯރުކޮށްދެމުންދާކަމަށެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ހައިކޮމިޝަނުން ގުޅާ ދިމާވާ ދަތިތައް އޮޅުން ފިލުވާ ހާލަތު ގާތުން ދެނެގަންނަމުންދާކަމަށްވެސް ހައިކޮމިޝަނުން ވިދާޅުވެއެވެ. ސްރީލަންކާގެ ކޮލޮމްބޯގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށްވެސް އެ އެހީތެރިކަން ފޮރުކޮށްދެމުންދާކަމަށްވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެ ޤައުމުގެ އެއަރޕޯޓުގައި ނުފުރި ތިބި ދިވެހިންގެ ހާލަތު ދެނެގަނެ އެހީވުމުގެ މަސައްކަތްވެސް ހައިކޮމިޝަނުން ވަނީ ފަށާފައެވެ. މީގެ އިތުރުން ސްރީލަންކާގެ ފެންބޮޑުވުމުގެ ޙާދިސާގައި ގެއްލުންވި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށް ހައިކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ދިވެހި ހައިކޮމިޝަން)
ލަންކާގެ ޙާލަތާއި ގުޅިގެން ސަމާލުވުމަށް އެ ޤައުމުން އަންގާފައިވާތީ، ދިވެހި އެމްބަސީއިންވެސް ވަނީ މި ޢިލްތިމާސާ އެއްގޮތަށް ދިވެހިން ޢަމަލުކުރުމަށް އަންގާފައެވެ. އެގޮތުން ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށާއި، ޚާއްސަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ހިނގާ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.އަދި ބޯކޮށް ވާރޭވެހުމާއި ވައިގަދަވާ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށާއި، ލަންކާގެ މޫސުމާއި ބެހޭ އިދާރާގެ އެންގުންތަކުގެ އަދާހަމަ ހޯދުމަށް ވަނީ އެދިފައެވެ.
ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ، ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވަމުންދާ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ދެމުންދާތީ، އެފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ބިންތިރި ސަރަޙައްދާއި މޫދު ކައިރި ސަރަޙައްދުގައި ދިރިއުޅޭ މީހުން އިންޒާރަށް ސަމާލުވެ، ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ. އަދި އެއްވެސް އެހީތެރި ކަމަކަށް ބޭނުންވެއްޖެނަމަ، ކޮމިޝަންގެ ހޮޓްލައިން 768816666 އަށް ގުޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
