
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާރުގަދަ ތޫފާނެއްގެ ސަބަބުން ދެކުނުއިރުމަތީ އޭޝިޔާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ޙާލަތު އެންމެ ގޯސްވެފައިވާ އެއް ޤައުމު ކަމަށްވާ އިންޑޮނޭޝިޔާގައި މަރުވި މީހުންގެ ޢަދަދު 303އަށް އުފުލިއްޖެއެވެ. އިންޑޮނޭޝިޔާގެ ރަށެއް ކަމަށްވާ ސުމަތުރާގައި ބޯ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިޘާތައް ދަނީ މެދިވެރިވަމުންނެވެ. މީގެ ކުރިން އިދާރާތަކުން ބުނީ އެ ހާދިޘާތަކުގައި 174 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ޢަދަދު މިހާރު ވަނީ 303އަކަށް އިތުރުވެފައެވެ. އަދިވެސް 279 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މަރުވި މީހުންގެ ޢަދަދު ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރުވުން އެކަށީގެންވެއެވެ. އެ ޤައުމުގައި 80،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް ސުމަތުރާގެ ތިން ޕްރިންސެއްގައި އަދިވެސް އެތައް ސަތޭކަ ބަޔަކު ސަލާމަތް ނުކުރެވި އެކި ސަރަޙައްދުތަކުގައި ތާށިވެފައި އެބަ ތިއްބެވެ.
މަލާކާ ސްޓްރެއިޓްގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އިންޑޮނޭޝިޔާގެ އަވަށްޓެރި ތައިލަންޑާއި މެލޭޝިޔާއަށް ވެސް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ތައިލެންޑުގައި ވެސް މިހާތަނަށް 162 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގެ ދިހަ ޕްރޮވިންސެއްގައި ފެން ބޮޑުވެފައިވާއިރު އޭގެ ސަބަބުން 3.8 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އެ ޤައުމުގައި ހެދިފައިވާ ފެންގަނޑު ހިނދެން ފެށުމާއެކު ފެންނަމުންދާ ހަށިތަކުގެ ޢަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
މެލޭޝިޔާގައި މަރުވި މީހުންގެ ޢަދަދު އެހެން ޤައުމުތަކާ އަޅައިބަލާއިރު މަދު ނަމަވެސް ލިބިފައިވާ ގެއްލުން ކުޑައެއް ނޫނެވެ. އެ ޤައުމުގައި ދެ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. އެ ޤައުމުގެ ބައެއް ސްޓޭޓުތަކުގެ ބައެއް ސަރަޙައްދުތައް އޮތީ ފެނު އަޑީގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
