
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލަންކާއަށް އަރާފައިވާ ތޫފާން ދިތުވާގެ ސަބަބުން ކުރިމަތިވަމުންދާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި މަރުވި މީހުންގެ ޢަދަދު 153އަށް އުފުލި، އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. ތޫފާނުގެ ސަބަބުން ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 191އަކަށް އަރައިފައެވެ. ސްރީ ލަންކާގެ ބައި މިލިޔަނެއްހާ މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާއިރު 78،000އަށްވުރެ ގިނަ މީހުން ވަނީ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ 800އެއްހާ އެހީދޭ މަރުކަޒުތަކަށް ގެންގޮސްފައެވެ.
އާދަޔާ ޚިލާފަށް ގިނަ ޢަދަދަކަށް ވާރޭވެހުމުގެ ސަބަބުން ސްރީ ލަންކާގެ ކޯރުތައް ބަންޑުންވަމުންދާއިރު އެ ފަދަ ސަރަޙައްދުތަކުގައި ހުންނަ ގޭގެ ހުރީ ފެނު އަޑީގައެވެ. ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި 15،000އަށްވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އެ ޤައުމުގެ ބިން ތިރި ސަރަޙައްދުތައް ފެނު އަޑީގައި އޮތްއިރު، އެ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ވެސް ނުލިބެއެވެ. ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކާބޯތަކެތި ބަހައި މަގުުތައް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ވެސް އެ ޤައުމަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވާއިރު، ސްރީ ލަންކާގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.
ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ޙާލަތަކީ މޫސުމީ ގޮތުން މިއިން ޒަމާނެއްގައި ވެސް ކުރިމަތިނުވާހާ ގޯސް ޙާލަތެކެވެ. އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެ ވަނީ ނޮވެމްބަރު މަހުގެ 18ވީ ހުކުރު ދުވަހުން ފެށިގެން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައިފައެވެ. ސްރީ ލަންކާގެ ފުުލުހުންގެ ޚިދުމަތުން ވެސް ވަނީ އެ ޤައުމުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ)ގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގުމަށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަން ޔުނިޓެއް ޤާއިމްކޮށްފައެވެ. ހަމައެއާއެކު ސްރީ ލަންކާގެ އަސްކަރިއްޔާއާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި އެހެން ގުޅުންހުރި އިދާރާތަކުން ދަނީ ކުއްލި ޙާލަތްތަކަށް ޚާއްސަ އޮނިގަނޑެއްގެ ދަށުން އެކުގައި މަސައްކަތް ކުރަމުންނެވެ.
މި ޙާލަތުގައި ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ޢާއިލާތަކުގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ކަންކަން ގާތުން ބެލުމަށް ވެެސް ފުލުހުންނަށް ވަނީ އަންގާފައެވެ. ހަމައެއާއެކު ދަތުރުފަތުރަށް ވެސް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ފްލައިޓު ކެންސަލްވުމާއި އެ ފަދަ އެހެން ސަބަބުތަކާ ހުރެ ނުފުރި ސްރީ ލަންކާގައި ތާށިވެފައިވާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ވިސާއަށް ލުއިދޭނެ އިންްތިޒާމެއް ވެސް އެ ޤައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުން މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން ސްރީ ލަންކާއިން ނުފުރި ތިބި ބޭރު މީހުންގެ އަތުން ވިސާގެ މުއްދަތު އިތުރުކުރުމަށް ނަގާ ފީ ނުނަގާނެއެވެ. އަދި ވިސާގެ މުއްދަތަށްވުރެ އިތުރަށް ސްރީ ލަންކާގައި މަޑުކުރުމުން އަރާ ޖޫރިމަނާ ވެސް މަޢާުފުވާނެއެވެ. ޓުއަރިސްޓު ވިސާއާއި ބިޒްނަސް ވިސާއާއި ރެސިޑެންސް ވިސާގައި ތިބި މީހުންނަށް ވެސް ވިސާގެ މުއްދަތު އިތުރުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ކުރު މުއްދަތަކަށް ދަތުރުކޮށްފައިވާ މީހުންނަށް އޮންލައިންކޮށް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ބައިނަލްއަޤްވާމީ އެހީތެރިކަމަށް ބޭނުންޖެހިފައި
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ މި އުނދަގޫ ޙާލަތުގައި އެ ޤައުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން ވަނީ އެދިފައެވެ. އަދި ޤައުމުން ބޭރުގައި ދިރިއުޅޭ ސްރީ ލަންކާގެ ރައްޔިތުން ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ވެސް ސަރުކާުރުން ވަނީ ގޮވާލައިފައެވެ. ސްރީ ލަންކާގެ ބޮޑުވަޒީރު ހަރީނީ އަމާރަސޫރިޔާ ވެސް ވަނީ ކޮލޮމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމަޓުންނާ ބައްދަލުކުރައްވައި ޙާލަތު ޙިއްޞާކުރައްވައި، އެ ޤައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
އަވަށްޓެރި އިންޑިޔާއިން ވަނީ ސްރީ ލަންކާއަށް 6.5 ޓަނުގެ ކާބޯތަކެތި ވައިގެ މަގުން ފޮނުވާފައެވެ. ކޮލޮމްބޯ ސަރަޙައްދުގައި އޮތް އިންޑިޔާގެ މަނަވަރަކުން ވެސް ވަނީ އެ މަނަވަރުގައި ހުރި ކާބޯތަކެތި ސްރީ ލަންކާއަށް ހަދިޔާކޮށްފައެވެ. އިންޑިޔާގެ ރައީސް ނަރެންދްރާ މޯދީ ވަނީ ސްރީ ލަންކާއަށް ތައުޒިޔާ ފޮނުއްވަވައި އެ ޤައުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
