
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ރައްދު ދިނުމަކީ ޙިޒްބުاللهއަށް ލިބިގެންވާ ޙައްޤެއް ކަމުގައި އެ ޖަމާޢަތުގެ ވެރިޔާ ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެ، ޔަހޫދީންނަށް އިންޒާރު ދެއްވާފައި މި ވަނީ، ޔަހޫދީން ދާދިފަހުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ޤާސިމް މި މޭރުމުން ވިދާޅުވުމާ އެކު، ޔަހޫދީންނާއި ޙިޒްބުاللهގެ މުޖާހިދުންނާ ދެމެދު އަނެއްކާ ވެސް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޙިޒްބުاللهއަކީ ލުބްނާންގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. ޔަހޫދީ ފައުޖުން ޙިޒްބުاللهގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު، ހަޔިޘަމް ޢަލީ އަލް-ޠަބްޠަބައީ ޝަހީދު ކޮށްލާފައި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގެ ރަށްބޭރުގެ ސަރަޙައްދަކަށް ނޮވެންބަރު 23ވަނަ ދުވަހު ދިން ނިރުބަވެރި ޙަަމަލާއެއްގައެވެ. ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހުސްވި އަހަރު ޤަތުލުޢާންމަކާ އެއް ފަދަ ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާއިރު، ޠަބްޠަބައީ ޝަހީދު ކޮށްލުމަށް ދިން ޙަމަލާއަށް ފަހު އެ ޤައުމުގެ ޢާންމުންނާ ދެކޮޅަށް އަލުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޓީވީ މެދުވެރިކޮށް ލުބްނާންގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ޠަބްޠަބައީ ޝަހީދު ކޮށްލުމަށް ދިން ޙަމަލާގެ ބަދަލު ޙިޒްބުاللهން ހިފާނެ ކަމުގައެވެ. ނަމަވެސް، އެ ކަން ކުރާނީ، އެ ކަމަށް އެންމެ މުނާސަބު ވަގުތުގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ޙިޒްބުاللهއާ ދެކޮޅަށް ކަމަށް ބުނެ ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅާނެ ކަމުގެ އިންޒާރު ޔަހޫދީ ދެމުން ދިޔަ ނަމަވެސް، އެ ފަދަ އިންޒާރުތަކަށް ޙިޒްބުاللهން ފަސްނުޖެހޭނެ ކަމުގައި ވެސް ޤާސިމް ވިދާޅުވިއެވެ.
“ފަހުން ހަނގުރާމައެއް ފެށިދާނެ ކަމަށް ބެލެވޭތަ؟ އެ ކަން ފަހަރުގައި ހިނގާފާނެ. އާދެ، އެ ކަމުގެ ފުރުޞަތު އެބައޮތް، އަދި ހަނގުރާމަ ނުހިނގުމުގެ ފުރުޞަތު ވެސް އެބައޮތް،” ޤާސިމް ވިދާޅުވިއެވެ. ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން އަލުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށުމުގެ ފުރުޞަތު އޮތް ކަން ފާހަގަ ކުރައްވައި، ޤާސިމް ވަނީ ޔަހޫދީންނާ ކުރިމަތިލުމަށް ތައްޔާރުވުމަށް ލުބްނާންގެ ސަރުކާރާއި އަސްކަރިއްޔާއަށް ގޮވައިލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
