
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކޮންމެ ކުޅިވަރަކީވެސް އެ ކުޅިވަރުގެ އަޚުލާޤު ހިފެހެއްޓިއްޖެނަމަ މުޖުތަމަޢަށް ފައިދާކުރާނެ ޒުވާނުންތަކެއް ބިނާކުރެވޭނެ ކުޅިވަރެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. މޫދުގައި ކުޅޭ ކުޅިވަރުތަކަށް އިޝާރާތްކުރައްވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ކޮންމެ ކުޅިވަރެއްގައިވެސް ރަނގަޅު ފުރުސަތު ފަހިކޮށްދީގެން އެތުލީޓުން ބިނާކުރާނަމަ މޫދު ކުޅިވަރަކީ އެއްވެސް ކުއްޖެ މަގު އޮޅޭނެ ކުޅިވަރެއް ނޫންކަން އެ ކުޅިވަރުގައި ހަރަކާތްތެރިވާ ޒުވާނުން ސާބިތުކޮށްދީފައިވާކަމަށެވެ.
“މިއަަހަރުގެ ކުރީކޮޅުގައި އެނގިގެން ދިޔަ އޯލެވެލްގައި ގަދަ 10 ގައިވެސް މީގެ ތެރެއިން ކުއްޖަކު ހިމެނޭކަން. މީކީ ކޮންމެހެން ހިތްގާވާ ކަމެއް ނޫންކަން އެ ކުދިން ޕްރޫވްކޮށްދޭ. މޫދު ކުޅިވަރަކީ އަޅުގަނޑުމެންގެ މެދުގައި ސުލްހަވެރިކަން ކުރިއަރުވާ އެއްބައިވަންތަކަމާއި އެއް އާއިލާއެއްކަން ރަމްޒުކޮށްދޭ ކުޅިވަރެއް” ކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްބީއޭ)
ވަޒީރު ވިދާޅުވީ މިކަން ރަނގަޅު ގޮތުގައި ޕްރޮމޯޓު ކޮށްގެން ރަނގަޅު ފުރުސަތުތައް އެތުލީޓުންނަށް ހޯދައިދީގެން ކުރިޔަށް ގެންދެވޭކަމަށްވާނަމަ އަޅުގަނޑުމެންގެ ތެރޭގައި އޮންނާނީ ވަރަށް ހަމަޖެހޭ ވަރަށް ހިތްހެޔޮ ވަރަށް އުފާވެރި މާހައުލެއް ކަމަށެވެ. މޫދު ކުޅިވަރަކީވެސް އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ކުޅިވަރުގެ އަޚުލާގު ރަނގަަޅަށް ހިފަހައްޓައިގެން ކުރިޔަށްދެވޭނެ ކުޅިވަރެއް ކަމަށާއި، އެމަގުން ކުރިޔަށްދާންވީ ސަބަބުތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޤައުމީ ޓީމުތަކުގެ އެތުލީޓުންނަށް ސަރުކާރުން ހަމަޖައްސައިދޭން ނިންމާފައިވާ ހެލްތް އިންޝުއަރެންސާއި، ރަނގަޅު މުސާރައަކާއި، އަރުތަ ޕްރޮގްރާމުގެ ދަށުން ކުރިޔަށް އޮތްތަނުގައި ސްކޮލަރޝިޕް ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ.
“މިކަންކުރަންޖެހޭ ސަބަބުތައް އަޅުގަނޑުމެންނަށް މިހާރު މިއޮތީ ފެންނަން. އެކަށީގެންވާ އުޖޫރައެއް، އިންޝިއުރެންސް އަދި މީގެ އިތުރުން އަރުތަ ޕްރޮގްރާމުގެ ދަށުން އެކުދިންނަށް ސްކޮލަރޝިޕްވެސް އިރާދުކުރެއްވިއްޔާ ލިބޭނެ” ކަމަށް ވަޒީރު ވިދާޅުވިއެވެ.
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޫދު ކުޅިވަރުތަކުގެތެރެއިން ރާޅާ އެޅުމާއި ބޮޑީ ބޯޑިންއަކީވެސް ސަރުކާރުން އެހެން ކުޅިވަރުތަކަށްދޭ ވަރަށް، އިސްކަން ދެއްވާ ކުޅިވަރުތަކެކެވެ. އެގޮތުން ރާއްޖޭގެ ރާޅާ އަޅާ ކޮމިއުނިޓީން އެންމެ ބޭނުންވާ ފެންވަރުގައި މުބާރާތްތައް ބޭއްވޭނެ މަގުފަހިކުރުމަށް ގާއިމުކުރާ ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށް، މިހާރު ވަނީ ރާޅުގަނޑު ސަރަހައްދުގައި ކުރިން ހުރި ބްރިޖު ވިއުއިން ޕްލެޓްފޯމު ރޫޅާފާ އެ ބިން ސާފުކޮށްފައެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏަކާއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްގީކުރަމުންދަނީ ކުޅިބަލަން އަންނަ މީހުންނަށް ތިބޭ ސަރަހައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓަރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށެވެ. މާލޭ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
