
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ފުޓްބޯޅައިގެ ވަރަށް ބޮޑު ނަމެއް ކަމަށާއި، ރާއްޖޭގެ ފުޓްބޯޅައިގައި ނިއު ރޭޑިއަންޓޭ ބުނެފިނަމަ ކޮންމެ ބަޔަކުވެސް ޖެހިލުންވާނެ ކަމަށް ނިއު ރޭޑިއަންޓުގެ އަންހެން ޓީމުގެ ހެޑް ކޯޗު އިސްމާޢިލް އަނިލް ބުނެފިއެވެ. “އިރާދުކުރެއްވިއްޔާ ނިއުރޭޑިއަންޓޭ އެނަން ކިޔައިފިއްޔާ އަސްލު ހަގީގަތުގައި ބޭނުމެއް ނުވާނެ ތަށި ނޫން އެއްޗެއް. އެއީ އަސްލު ހަގީގަތަކީ. އެހެންވީމަ އަހަރުމެން މި ތައްޔާރުވަނީ ތައްޓަށް” ކޯޗު ބުންޏެވެ. ގިނަ އަހަރުތަކަކަށްފަހު އަންހެން ފުޓްބޯޅަ އަލުން ފަށައިގަތުމުން އެފްއޭއެމަށް ޝުކުރު އަދާކުރާކަމަށް ނިއުރޭޑިއަންޓުގެ ކޯޗު ބުންޏެވެ. އަދި ލީގަށް ތައްޔާރުވުމަށް ކުޅުންތެރިންވެސް ވަރަށް ހިތްހަމަޖެހިގެން ފަރިތަކުރުންތަކުގައި ބައިވެރިވަމުންދަނީ ކުލަބުގެ ރޫހުގައި ކަމަށްވެސް ކޯޗު ބުންޏެވެ.
ޓީމުގައި ފުޓްސެލް ކުޅޭ ކުޅުންތެރިންވެސް ތިބިކަން ފާހަގަކުރަމުން ކޯޗު ބުނީ އެ ކުޅުންތެރިން ބޮޑު ފުޓްބޯޅަގެ ތަޖުރިބާ މަދުކަމަށާއި، އެހެންނަމަވެސް އެ ކުޅުންތެރިން މުބާރާތުގައި ރަނގަޅު ކުޅުމެއްދައްކާނެ ކަމަށް އުންމީދު ކުރާކަމަށެވެ. ކޯޗު ބުނީ ފަރތަކުރުންތަކަށް ދަނޑު ނުލިބޭތީ ވަރަށް ދަތިކަމަށާއި، އެހެންނަމަވެސް ވީ އެންމެ ރަނގަޅަކަށް ލީގަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ. ޓީމާމެދު ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންގެ މޯޓިވޭޝަނާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޓީމުގައި ބިދޭސީ ކުޅުންތެރިންވެސް ބޭނުންކުރާނެ ކަމަށާއި ދިވެހި ކުޅުންތެރިންނާއެކު ލީގަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ކޯޗު ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗަކީ އެންމެ މުހިންމު މެޗުކަމަށާއި، އެއީ އެންމެ އުނދަގޫވާނެ މެޗުކަމަށް ފާހަގަކުރަމުން ކޯޗުބުނީ އެމެޗަށް ތައްޔާރުވާނީ ފުރިހަމަ ބާރާއެކުގައި ނެރެވެން އޮތް އެންމެ ވަރުގަދަ ޓީމު ނެރެގެން ކަމަށެވެ. ނިއުރޭޑިއަންޓުން ލީގުގައި ފުރަތަމަ ނިކުންނާނީ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. “ސީދާ ފުރަތަމަ މެޗުން ފެށިގެން ފައިނަލަށް ގޮސް އިރާދުކުރެއްވިއްޔާ ތައްޓާއެކީގައި ފައިބާނީ” ކޯޗު ބުންޏެވެ. ނިއުރޭޑިއަންޓުން ވަނީ ދިހަ ވަރަކަށް ދުވަސް ކުރިން ފަރިތަކުރުންތައް ފަށާފައެވެ. ކޯޗު ބުނީ ފަރިތަކުރުންތަކުގައި ކުޅުންތެރިން ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފި ކަމަށާއި، ތަށި ނެގޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
