
(ފޮޓޯ ކްރެޑިޓްސް: ސްވިމިންގ އެސޯސިއޭޝަން)
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 18 ވަނަ ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ސީނިއަރ ކެޓެގަރީގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް މުޙައްމަދު އާން ހުސައިން އަދި އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ފާތިމަތު އަންޖަލް ފަޔާޒް ހޮވިއްޖެއެވެ. ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިއަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް ހޮވިފައިވަނީ މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް، މަރިޔަމް ޒިވާ ޒާހިދު، މުޙައްމަދު އަލްމާން ޒޫމަލް ރަޝީދު، އައިޝާ ޒާޔާ ހުސައިން، ޒާކިން އަޝްރަފް، އަމްނާ ތަޒްކިޔާ މިރުސާދު، އާން އަދި އަންޖަލްއެވެ.
މި ފެތުންތެރިންގެ ތެރެއިން ޖާއިޝް އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ އީއޭޑީ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިންނެވެ. މި ކެޓަގަރީގެ އަންހެން ކުދިންގެ ބައިން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ ޒިވާއެވެ. ފިރިހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ އަލްމާނެވެ. މި ކެޓަގަރީގެ އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ ޒާޔާއެވެ. ޒާކިން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ފިރިހެން ކުދިންގެ ޖޫނިއަރ ބީ ކެޓަގަރީންނެވެ. މި ކެޓަގަރީގެ އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ ތަޒްކިޔާއެވެ.

(ފޮޓޯ ކްރެޑިޓްސް: ސްވިމިންގ އެސޯސިއޭޝަން)
ނޮވެމްބަރު 24 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި އެކި ކެޓަގަރީތަކުގައި 200 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ. މި މުބާރާތުން ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑެލް އަދި އިނާމު ދެއްވީ އެކަމަށްޓަކައި ހޮނިހިރު ދުވަހު ހުޅުމާލެ ސްވިމިންގ ޕޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގް އިބްރާހީމެވެ.
އެންމެ މޮޅު ފެތުންތެރިންގެ އިތުރުން ކޮންމެ ކެޓަގަރީއެއްގެ ދެވަނަ އަދި ތިންވަނައަށް އައި ފެތުންތެރިންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ ޓްރޮފީ އާއި މެޑެލް ހަވާލުކޮށްދެއްވާފައެވެ
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
