
ލިވަޕޫލްއިން މިހާރު މަސައްކަތްކުރަމުންދަނީ ކުރީގެ ކާމިޔާބު ކޯޗު ޔާގެން ކްލޮޕް އެނބުރި ގެނައުމަށް ކަމަށް އެ ޓީމުގެ ލެޖެންޑް ޑިއެޓްމާ ހާމަން ބުނެފިއެވެ. ކްލޮޕް އަކީ ލިވަޕޫލަށް 2015 ވަނަ އަހަރުން ފެށިގެން 9 އަހަރު ކޯޗުކޮށްދީ އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލިގާއި، ފީފާ ކުލަބު ވޯލްޑް ކަޕުގެ އިތުރުންވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. 2024 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަން ހުއްޓާލި ފަހުން އޭނާ ކޯޗުކޮށްނުދީ އަދާކުރަމުންދަނީ އެޑްވައިޒަރީ ރޯލެކެވެ.
ނަމަވެސް އޭނާ ވަކިވިތާ އަހަރެއް ފަހުން އިނގިރޭސި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު މިހާރު ގުނަމުންދަނީ ފާއިތުވެދިޔަ 75 އަހަރުތެރޭގައި އެ ޓީމުގެ އެންމެ ދަށް ނަތީޖާތަކެވެ. މި ގޮތުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފަ އެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހާމަން ބުނީ ލިވަޕޫލްގެ މިހާރުގެ ކޯޗު އާނޭ ސްލޮޓްގެ ބަދަލުގައި ކުލަބުން އައު ކޯޗަކު ހޯދަމުންދާ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. “އަހަރެންނަށް ހީވަނީ އެ މީހުން މަސައްކަތް ކުރަނީ ކްލޮޕް ގެނައުމަށް ހެން. އޭނާ ކުލަބަށް އަލުން އަންނާނެ ގޮތެއް އަހަރެންނަކަށް ނޭނގެ. ހަމަޔަގީނުން ވެސް އެނގޭ ކަމަކީ ސްލޮޓަށް ކުލަބުގެ ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެކަން. އޭނާ ވަކި ކުރުން އޮތީ މިހާރު ނުހަނު ގާތުގައި. މިހާރު ކުޅުންތެރިން އެ ހަދަނީ އެ މީހަކު ހެދުނު އެއްޗެއް. މިއީ ކޯޗަށް ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެކަން ދޭހަކޮށްދޭ ކަމެއް،” ހާމަން ބުންޏެވެ.

2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިން ޓީމުގެ މިޑްފީލްޑަރު ބުނީ ލިވަޕޫލުން ކޯޗުކަން ދިފާއުކުރަން ސްލޮޓަށް ބާކީ އޮތީ ތިން މެޗު ކަމަށެވެ. “ތިން މެޗުން އޭނާ ހޯދަން ޖެހޭނެ މަދުވެގެން ހަތް ޕޮއިންޓް. އެހެން ނޫނީ އަހަރެން ގަބޫލު ކުރަނީ އޭނާ ވަކި ކުރާނެ ކަމަށް. ލިވަޕޫލަކީ ތަށި ހޯދާ ކޯޗުން ވަކި ކުރަން އެހާ ބޭނުންވާނެ ޓީމެއް ނޫން. ހުސްވި ސީޒަނުގައި ޓީމާ ގުޅި ސްލޮޓް ޕްރެމިއާ ލީގު ހޯދާފައި މިހާ އަވަހަށް އޭނާ އަތުން ކޮންޓްރޯލް ދޫވެ މިހާ ބޮޑަށް ކަންކަން ގޯސްވި ސަބަބެއް އަހެރެންނަކަށް ނުވިސްނުނު،” ހާމަން ބުންނެވެ.
ހާމަންގެ އިތުރުން ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން އަދި އިތުބާރު ދިފާއީ ކުޅުންތެރިޔާ ޖެމައިން ކެރަގާ ވެސް ވަނީ ސްލޮޓް ވަކި ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗަށް ފަހު ކޯޗު ބުނީ އޭނާއާ މެދު މެނޭޖްމަންޓްގެ ވިސްނުން ބަދަލު ނުވާ ކަމަށާއި މެނޭޖްމަންޓުން އޭނަ އަށް އިތުބާރު ކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
