
އަބަދު އެއް ކަމެއް ކޮށްގެން ބާސެލޯނާގެ އެޓޭކިން މިޑްފީލްޑަރު ލަމީން ޔަމާލް މޮޅެއް ނުވާނެ ކަމަށް އެ ޓީމުގެ ލެޖެންޑް ބްރެޒިލްގެ ރިވާލްޑޯ ބުނެފިއެވެ. ބާސެލޯނާގައި މޮޅަށް ކުޅެ 1999 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިވާލްޑޯ ބުނީ ޔަމާލް ދަނޑުމަތީގައި އުޅޭގޮތް ތަފާތު ކުރަން ޖެހޭ ކަމަށެވެ. “ޔަމާލަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އަބަދު އެއްކަމެއް ކޮށްގެން އޭނާގެ މޮޅު ކަމެއް ނުފެންނާނެ. އޭނާ ކުޅެނީ އަބަދު އެއްތަނެއްގައި. އަބަދުވެސް ކުރަނީ އެއް ކަމެއް. ގެންނަނީ އެއް ހަރަކާތެއް. ބޯޅަ ޑްރިބްލް ކުރުމުގައި ވެސް އަބަދުވެސް އެއް ކަމެއް ކުރަނީ. މިގޮތަށް މީހާގެ މޮޅުކަމެއް އަބަދަކު ނުދެއްކޭނެ. ޗެލްސީ (ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުން ބާސެލޯނާ 3-0އިން ބަލިވި) މެޗުގައި ފެނިގެންދިޔައީ މިކަން،” ރިވާލްޑޯ ބުންޏެވެ.
“ޗެލްސީ މެޗުގައި ކީއްވެ ޔަމާލަށް މޮޅަށް ކުޅެ ގޯލް ނުޖެހުނީ. ސަބަބަކީ އިދިކޮޅު ކުޅުންތެރިން އޭނާ ދެނެގަނެފައިވާތީވެ. އޭނާ ކުރަނީ ކޮންކަމެއްކަން ދެނެގަނެ އޭނާ ވަރަށް ބޮޑަށް މާކްކޮށްގެން ކުޅުނީ. މިހެންވެ ޔަމާލް އެބަޖެހޭ އަބަދު އެއްތަނެއްގައި ނުހުރެ ދަނޑުމަތީގައި ތަފާތު ހުނަރުތައް ދައްކަން. އޭނާގެ މޮޅުކަން ފެންނާނީ އޭރުން،” ރިވާލްޑޯ ބުންޏެވެ. އުމުރުން 18 އަހަރުގެ ޔަމާލަކީ ބާސެލޯނާގެ އިތުރުން ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ޔަމާލްގެ މޮޅުކަން ސާބިތުކޮށްދިނުމުގައި އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބާސެލޯނާގެ ކުރީގެ ކޯޗު އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔަމާލް އާއި ބާސެލޯނާ އާއި އާޖެންޓީނާގެ ލެޖެންޑް ލަޔޮނަލް މެސީ އަޅާ ކިޔަން ޖެހޭނީ މެސީ މެދުކެނޑުމެއްނެތި ދެއްކި މޮޅު ކުޅުން ޔަމާލް 10 އަހަރު ދައްކައިފިނަމަ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
