
ސްޕެނިޝް ލީގުގައި 3-1 ގެ ނަތީޖާއަކުން ޑިޕޯޓިވޯ އަލަވޭޒް ބަލިކޮށް، ތާވަލުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. ބާސެލޯނާއަށް 126 އަހަރު ފުރުމާ ދިމާކޮށް އަމިއްލަ ދަނޑުގައި ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ކުޅުނު މެޗުގައި އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މިޑްފީލްޑަރު ޑެނީ އޮލްމޯ އެވެ. އަނެއް ލަނޑު ޖެހީ ލަމީން ޔަމާލެވެ.މި ނަތީޖާއާއެކު ބާސެލޯނާ އެއްވަނާގައިވަނީ 34 ޕޮއިންޓާއެކުގަ އެވެ. މިއީ ދެ ވަނާގައިވާ ރެއާލް މެޑްރިޑަށް ވުރެ ދެ ޕޮއިންޓް ގިނަ އަދަދެކެވެ. މިހެންކަމުން މިރޭ ޖިރޯނާ އަތުން ރެއާލް މޮޅުވެއްޖެނަމަ 35 ޕޮއިންޓާއެކު އެ ޓީމަށް އަލުން އެއްވަނަ ލިބޭނެ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ހެންސީ ޕްލިކް ބުނީ މެޗުގައި ބާސެލޯނާ އަށް ފުރަތަމަ ހާފުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. “ދެ ވަނަ ހާފުގައި އެ މީހުން ވެސް ވަރަށް ރަނގަޅު ކަވަރުކޮށްގެން ކުޅުނީ. އަހަރެން ކުޅުންތެރިން ގާތުގައި މި ބުނަނީ އަބަދުވެސް އަހަރުމެންނަށް އަދިވެސް ކުޅުން ރަނގަޅު ކުރެވޭނެ ވާހަކަ. މެޗު ނިންމާފައި ރަފީނިއާ ވެސް އަހަރެން ގާތުގައި ބުނީ އެހެން. މިއަށްވުރެ ވެސް އަހަރުމެންނަށް އަދި ރަނގަޅު ކުރެވޭނެ،” ފްލިކް ބުންޏެވެ.
ބާސެލޯނާއިން ހުސްވި ސީޒަނުގައި ތިން ތަށި ހޯދި އެވެ. އޭރު ދެއްކި މޮޅު ކުޅުން ނުދެއްކޭތީވެ ޓީމަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ނަމަވެސް ފްލިކް ބުނީ އަނިޔާގައި ތިބި ކުޅުންތެރިން އެނބުރި އައިސް މުޅި ޓީމު އެއްކޮށް ކުޅެން ފެށުމުން ތަފާތު ބާސެލޯނާ އެއް ފެނިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
