
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
އެއަރ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 1800 ބަލި މީހުން އުފުލާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް މި ސަރުކާރުން ފެށި ޚިދުމަތެކެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ 1 މާރޗް 2024 ވަނަ ދުވަހުއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ޚާއްސަކޮށްގެން ފެށި ޙިދުމަތެކެވެ. އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެއަރ އެމްބިއުލާންސް މެދުވެރިކޮށް 1800 ބަލި މީހުން ވަނީ އުފުލާފައެވެ. މިއީ 1562 ދަތުރުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްވީއިރު މިޚިދުމަތުގައި މިހާރު، ވެންޓިލޭޓަރާއި އިންކިއުބޭޓަރއާއި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ވަޞީލަތްތައްވަނީ ޤާއިމުކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް 8 މަރުކާގެ އެއަރކްރާފްޓެކެވެ. އަދި މިޚިދުމަތްދިނުމަށް މުވައްޒަފުން ތަމްރީންކޮށްފައިވާއިރު އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.
އެއަރ އެމްބިއުލާންސް ޚިދުމަތް މެދުވެރިކޮށް ތައިލޭންޑް އަދި ދުބާޢީއަށް ބަލިމީހުން އުފުލުމަށް ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިއްހީ ވުޒާރާއާއި، އައިލޭންޑް އެވިއޭޝަންގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
