
ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަކާއެކު ކުރަމުންދާ ވިއްސާރަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މިވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށްކަމަށް މެޓުން ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ކައިރިން 2 ސަރަޙައްދެއްގައި އުފެދިފައިވާ ތޫފާންތަކާއެކު ކުރަމުންދާ ވިއްސާރަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މެލޭޝިއާ ސަރަޙައްދުގައި އަދި ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާންތަކާއެކު މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށްވަނީ ވިއްސާރަކޮށްފައެވެ.
މެލޭޝިއާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު ލަންކާ ސަރަޙައްދުގައު އުފެދިފައިވާ ތޫފާން ރާއްޖެއާއި ދުރަށް މިހާރުދަނީ ދަތުރުކުރަމުންނެވެ. އެހެންނަމަވެސް މިތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަށް ރާއްޖެ ސަރަޙައްދަށް އަރަމުންދާއިރު އޭގެ ސަބަބުން މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/fKLbbqyk5d
— Maldives Meteorology (@MetMaldives) November 29, 2025
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓު އޮފީހުންވަނީ ކ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 15:30 އަށެވެ. މިވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ކުރަމުންދާ ވިއްސާރަ ކޮންމެވެސް ވަރަކަށް އަންގާރަދުވަހުން ފެށިގެން އަލިކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މޫސުން އެއްކޮށް އަލިނުވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ރާއްޖެއަށް މިދުވަސްކޮޅު ވިއްސާރަކުރަމުންދާއިރު ދިވެހީން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކަށްވެސް ވިއްސާރައިގެ ގެއްލުންތައްދަނީ ލިބެމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
