
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ރޭ ބޭއްވި ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ހޫނުވެ، ވަކި ހިސާބަކުން ގައުމީ މަޖިލިހުގެ ޖަލްސާ ހުއްޓާލައިފި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ރޭ ބޭއްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް އޮތީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްުޔަތު އަދާކުރެއްވިދާނެތޯ ކުރިއްސުރެ އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ. ވަހީދުގެ ނަން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަސްލަމްގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.
މީޑިއާ ނުވައްދައި ކުރީގެ ވެސްޓްޕާކް ސަަރަހައްދުގައި ހުންނަ “ފަންކްޝަން ފައިވް” އިވެންޓު ހޯލްގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް އަސްލަމްގެ ނަން ހުށަހަޅަން އިދިކޮޅު ފެކްޝަނުން ފުރުސަތެއް ނުދިނެވެ. އެހެންވެ، އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި ނިންމާލީ އެވެ. ރޭގެ ބައްދަލުވުމަށް 95 މެމްބަރަކު ހާޒިރުވިއިރު، ވަހީދުގެ ނަން ފާސްވާން 48 ވޯޓު ބޭނުންވެ އެވެ. އެންމެ ވޯޓެއް މަދުވެގެން އޭނާ އަށް ފުރުސަތު ގެއްލުމުން، އަސްލަމްގެ ނަން ހުށަޅަން އުޅުނު ހިސާބުން މަސްލަހަތު ގޯސްވީ އެވެ.
“[ވަހީދު އަށް] ސާޅީސް ހަތް ވޯޓު ލިބުމާ އެކު، ދެން އެ ހިސާބުން ޒުވާބު ކުރަން ފެށި ގޮތަށް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި. އެއްބަޔަކު އަނެއް ބަޔަކު އަރައިގަންނަ ހިސާބުގައި ތިބީ،” ރޭގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރަކު ވިދާޅުވި އެވެ. ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އޭނާއަކީ ކުރީގެ ޗެއާޕާސަން ފައްޔާޒުގެ ފެކްޝަންގެ އިސް މެމްބަރެކެވެ. ރޭގެ ބައްދަލުވުން ނިންމައިލުމަށް ފަހު ވެސް އިވެންޓު ހޯލުގެ ބޭރުގައި ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިންގި އެވެ. ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު، ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެ މަނިކުފާނު ބަލައިގަތުމާ މެދު ވަނީ ބޮޑު ދެބަސްވުމެއް އުފެދިފަ އެވެ.
އިސްތިއުފާއާ އެކު ފައްޔާޒު ވެސް ފާހަގަކުރެއްވީ އެ ވާހަކަތަކެވެ. އޭނާ ވިދާޅުވީ، މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރިމަގު އޮތީ “އެއްވެގެން” ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް އެމްޑީޕީ މިހާރު ވަނީ ބައިބައިވެފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ވެސް ދާދި ފަހުން ވަނީ އެ މައްސަލާގައި ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޒުވާބެއް ހިންގަވައިފަ އެވެ. އެ ޒުވާބު ކުރެއްވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފެއިލްވި މައްސަލާގައި އެ ގުރޫޕްގައި ފެށި ވާހަކައެއްގެ ތެރެއިންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
