
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް “ނެގެޓިވް” އައުޓްލުކް މިހާރު ވަނީ “ސްޓޭބަލް” އަށް ބަދަލުކޮށްފިއެވެ. ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް މޫޑީޒް އިން “ސްޓޭބަލް” އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް މިކަމުން ފެންނަ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މާލީ ވުޒާރާއިން، ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ޚަރަދުތައް ބައްޓަން ކޮށްފައިވާތީ، ޚަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު ހުރީ އިތުރުވެފައި ކަމަށެވެ. މިކަމުގެ ސަބަބުން، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އައީ ފާހަގަކުރަމުންނެވެ. މިގޮތަށް ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހިފައި އޮތް އޮތުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ދައުލަތުގެ ރަސްމީ ރިޒަރވް ފަހުގެ ތާރީހެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެގެން ދިއުމެވެ. މިހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައިކަން ސަރުކާރުން ފާހަގަކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައި، ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައިކަން މޫޑީޒްއިން ބުނެއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ އަދަދު 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއެކު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް، މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައިކަމަށް މޫޑީޒްގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ހިފަހައްޓައި މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކޮށްފައިވާކަމަށް މާޑީޒްއިން ބުނެއެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ސަރުކާރުން ވިދާޅުއެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި 10 އިންސައްތައިން ވަނީ އިތުރު ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ބެޑްނައިޓްސް، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.2 އިންސައްތައިން ވަނީ ކުރިއާރާފައި ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މީގެ އިތުރުން ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ Caa2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރަށް ހަމަވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނޭވޭނެ ކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ޤައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިންގ ހޯދާފައިވާކަމާއި، ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ދައްކައިދީފައިވާކަމަށް މޫޑީޒްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ޤައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުގެ އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް، ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު އިޤްތިޞާދުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން ހާސިލްވާ ގޮތަށް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
