
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ދަޢުވާ ކުރި މީހާ 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. ކޯޓުން މިމައްސަލާގައި ޙުކުމް ކޮށްފައިވަނީ، ބުދަ ދުވަހުއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް 2021 ވަނަ އަހަރު އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސްގެ މައްޗަށެވެ. ފުލުހުން އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ، ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫ ޖަހުލަށް ހަދައިލި ގޮތް ހަދައިލާނެ ކަމަށް ބުނެ ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރު ދިނުމާއި ގުޅިގެންނެވެ.
އެމައްސަލައިގައި އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ކޯޓުގައިވެސް ރައީސް ނަޝީދަށް އިންޒާރުދީފައެވެ. އެމައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އޭނާ އެއް މަސް ދުވަހަށް ޖަލަށްވެސް ލިއެވެ. މިމައްސަލަތަކުގައި ދައުލާތާއި އޭނާއި ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. މިއާއެކު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ބުދަ ދުވަހު 10 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އޭނާގެ މައްޗަށް 3 ދަޢުވާއެއް ކޮށްފައިވެއެވެ. ފުރަތަމަ ދަޢުވާއަކީ، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާއެވެ. މި ދަޢުވާ ޔާފިސްގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް ދެވަނައަށް ދަޢުވާކޮށްފައިވަނީ، ހަމަ އެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާވެސް ސާބިތުވެ، އޭނާ 3 އަހަރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ. ފަހު ދަޢުވާއަކަށް އޭނާގެ މައްޗަށް ކޮށްފައިވަނީ، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދު ކުރުމުގެ ދަޢުވާއެވެ. މިދަޢުވާ ސާބިތުވެ، އޭނާގެ މައްޗަށް 2 އަހަރަށް ޖަލު ޙުކުމެއް އައިސްފައިވެއެވެ. އެހެން ކަމުން 3 ދަޢުވާ ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ، ޖުމްލަ 10 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައެވެ. ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލާގައި އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް އައިއިރު، އެމަނިކުފާނު އަވަހާރަ ކޮށްލަން 2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ވަނީ ބޮމުގެ ޙަމަލާއެއްވެސް ދީފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
