
2021 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހި، ދަޢުލަތުގެ ޚަރަދުތައް ވަނީ ފާސްކުރެވިފައިވާ ބަޖެޓުގެ ތެރޭގައި ހިފެހެއްޓިފައިކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ކުދި ވިޔަފާރިތަކަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަމީރު ވަނީ، ސަރުކާރުން އިޤްޞާދު ކޮޅަށްޖަހައި، ދައުލަތުގެ މާލިއްޔަތަށް ކުރިއެރުން ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ.
ވަޒީރު ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، އަހަރުން އަހަރަށް ލިބެމުންދާ ޓެކްސްގެ އާމްދަނީ އިތުރުވަމުންދާކަމަށެވެ. މީގެތެރެއިން ބޮޑު އާމްދަނީއެއް ލިބެނީ، ދިވެހި އެމްއެސްއީތަކުން ކަމަށްވާއިރު މިއީ މުޅި ޤައުމުގެ މާލީ ދެމެހެއްޓެނިވި ކަމަށާއި އަސާސީ ޢާންމު ޚިދުމަތްތަކާއި ތަރައްޤީގެ ޕްރޮގްރާމްތަކަށް ފައިސާ ހޯދުމަށްވެސް ލިބޭ މުހިންމު އެހީތެރިކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 2024 ވަނަ އަހަރު ޖީ.ޑީ.ޕީގެ 9.9 ޕަސެންޓްގައި ހުރި ދައުލަތުގެ ދަރަނި މިއަހަރުގެ ނިޔަލަށް 5.5 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހި، ދަޢުލަތުގެ ޚަރަދުތައް ފާސްކުރެވިފައިވާ ބަޖެޓުގެ ތެރޭގައި ހިފެހެއްޓިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި އަހަރު ޖެހިޖެހިގެން 40 ހަފްތާ ވަންދެން ބަޖެޓު ސަރޕްލަސްގައި ހިފެހެއްޓިފައިވާކަމަށްވެސް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

މިކަންކަން ހާސިލްކޮށްފައިވަނީ، ކޭޝްފްލޯ މެނޭޖްމަންޓް ވަރުގަދަކޮށް، އިސްރާފުކުރުމާއި، ބޭކާރު ދަތުރުފަތުރުގެ ހޭދަތަކާއި މަރާމާތުގެ ހޭދަތައް ކުޑަކޮށް، އަދި ލޯނުތައް އަދާކުރުން ކަށަވަރުކޮށްގެންކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ނަގުދު ފައިސާ ފުރަތަމަ ފަހަރަށް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، މިއީ މުސްތަޤްބަލުގައި ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މޫޑީސްގެ ނަތީޖާއިންވެސް ފެންވަމުންދަނީ މިކަންކަންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދަރަންޏާ ބެހޭ ޤާނޫނާއި މާލީ ޒިންމާދާރުކަމާ ގުޅޭ ޤާނޫނާއެކު ޤާނޫނީ އޮނިގަނޑު ވަރުގަދަކުރަމުންދާކަމަށާއި ދަރަނި ނެގުން ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުމަށްޓަކައި މެދުމިނުގެ ދަރަނީގެ ސްޓްރެޓެޖީއެއްވެސް އެކުލަވާލަމުންދާކަމަށެވެ. އަދި ޝަރީޢާއާ އެއްގޮތްވާ ބޮންޑެއް ލިސްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިޤްތިޞާދުގައި ވެލިއު އެޑިޝަން މުހިންމު ދައުރެއް އަދާކުރާކަމަށާއި، އިމްޕޯޓަށް ބިނާކުރާ މޮޑެލްތަކުން އެއްކިބާވެ، ދިވެހިންގެ ފަންނުވެރިކަން ކުރިއެރުވުން މުހިންމުކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ދާދިފަހުން 53 ކުންފުންނާއި 200އަށްވުރެ ގިނަ މަޝްރޫޢު ހަވާލުކުރެވުނުއިރު އޭގެ އަގު 2.7 ބިލިއަން ރުފިޔާއަށްއަރާކަމަށެވެ. މިއީ ޤައުމީ ފެންވަރުގެ ހުނަރުވެރިކަން އިތުރުކުރުމަށާއި، ދިވެހި ވިޔަފާރި ސިނާއަތުގެ ޤާބިލުކަން ބިނާކުރުމަށާއި، އަދި ދައުލަތުގެ އިންވެސްޓްމަންޓްގެ އަގުގެ ބޮޑު ބައެއް އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި ކުރަމުން އަންނަ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. “މި ދާއިރާތަކަކީ ގިނަ ފަހަރަށް ބޭރުގެ ކޮންޓްރެކްޓަރުން ހަރަކާތްތެރިވާ ދާއިރާތަކެއް. އަޅުގަނޑުމެންގެ އަމާޒަކީ، ހައުސިންގ، އިންފްރަސްޓްރަކްޗަރ އަދި އާ ސަހަރުތައް ބިނާކުރާއިރު، ދިވެހި ކުންފުނިތަކާއި ދިވެހި މަސައްކަތްތެރިން އިސްކޮށް، އެމީހުންގެ ސަޕްލައި ޗެއިންތަކުގައި އެމް.އެސް.އެމް.އީ.ތަކަށް ފުރުޞަތުތައް ހޯދައިދިނުން.” މާލީ ވަޒީރު ވިދާޅުވިއެވެ.
މި އިސްލާޙުތަކާ އެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރުގަދަކޮށް، ފައިނޭންސާއި މާކެޓުތަކަށް އެފަރާތްތަކަށް ވާސިލުވުމުގެ ފުރުޞަތު އިތުރުކުރުމަށްޓަކައި، ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް ވިދާޅުވިއެވެ. “އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ އެހީގައި، އަޅުގަނޑުމެން ވަނީ 40 މިލިއަން އެމެރިކާ ޑޮލަރުގެ އެސް.އެމް.އީ އިމްޕެކްޓް ފަންޑެއް ޤާއިމުކޮށްފައި. މި ފަންޑުގެ ފުރަތަމަ ބައިގެ ގޮތުގައި 10 މިލިއަން ޑޮލަރު ވަނީ އެސްއެމްއީ ޑިޖިޓަލްއިން ހިންގާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީއެއް މެދުވެރިކޮށް މިހާރުވެސް ދޫކުރެވިފައި.” މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން އަޅުއްވާ ހުރިހާ ފިޔަވަޅުތަކެއްގެ މަޤްޞަދަކީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އެންމެ ފުރަތަމަ ފައިދާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނުންންކަމަށް މުސާ ޒަމީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ހުރިހާ އެމް.އެސް.އެމް.އީ.ތަކަށްވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދެއްވާކަމަށެވެ. ވިޔަފާރިތަކަށް ކުރިއެރުމާއި، އެކްސްޕޯޓްކުރުމާއި، ދިވެހިންނަށް ފެންވަރު ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ފަސޭހަވާނެ މާޙައުލެއް ބިނާކުރުމަށްޓަކައި، ސަރުކާރުން އިންފްރާސްޓްރަކްޗަރއާއި ޑިޖިޓަލައިޒޭޝަނާއި، ހުނަރު ތަރައްޤީކުރުމަށް އިންވެސްޓްކުރުން ކުރިއަށް ގެންދާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
