
މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އައުޓްލުކް ސްޓޭބަލްކަމަށް ކަނޑައެޅުމަކީ، ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއްކަމަށް އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ކުދި ވިޔަފާރިތައް ކުރިއަރާ ދިއުމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ޢަމާޒުކޮށް 141 ޓްރެއިނިންގ ޕްރޮގްރާމް ހިންގާ 2500 ފަރާތަކަށް ބޭނުންވާ ތަމްރީނާއި އިރުޝާދުތައް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް ބޭއްވި އެކްސްޕޯއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ފުރިހަމަ އެކްސްޕޯ ކަމަށެވެ.
އަދި ވިޔަފާރިތަކަށް މާކެޓް އެކްސެސް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ބާޒާރުކަމަށް ޗައިނާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި، އެއަށް އަމަލުކުރަމުންދާކަމަަށެވެ.

ވަޒީރު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ، ޕޭޕާލްގެ ޚިދުމަތް ރާއްޖެ ގެނައުމަށް އުރީދޫއާކު ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ފެށޭނެ ކަމަށެވެ. އަދި ބީއެމްއެލްގެ ބުރަ މަސައްކަތާއެކު “ސްވައިޕް”ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލް ޕްލެޓްފޯމެއްވެސް ޤާއިމުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ހީނަރުކޮށް ކަމަށާއި، ވިޔަފާރިވެރިން ތިބީ މާޔޫސްކަމެއްގެ ތެރޭގައިމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކާއި ހޮސްޕިޓަލްތައް މޯގޭޖްކޮށް ރާއްޖޭގެ ރޭޓިން އޮތީ ވަރަށް ބޮޑަށް ދަށުގައިކަމަށާއި ނަމަވެސް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތުން އެކަން ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. .
” މޫޑީސްއިން ރާއްޖޭގެ އައުޓްލުކް ސްޓޭބަލް ކަމަށް ވަނީ ކަނޑައަޅާފައި. މިއީ، ކުދި ވިޔަފާރިތަކާއި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް އަދި ލިބޭ ޔަޤީން ކަމެއް. ވިޔަފާރިތަކަށް ބޭނުންވަނީ، މި ޔަޤީންކަން. އިޤްތިޞާދު އޮތް ޑިޕްރެޝަނުން ސްޓެބިލިޓީއަކަށް އައިކަން އެ އިޢުލާނުކުރީ” އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކުމަށް ޚާއްސަ އޮތެންޓިކް މޯލްޑިވްސް މެދުވެރިވެގެން ރާއްޖޭގެ 400 ވިޔަފާރިއަކަށް މި ދެ އަހަރުގެ ތެރޭގައި 50 މިލިއަން ރުފިޔާ ބީސީސީން ފޯރުކޮށްދީފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ވިޔަފާރިއާއި އިޤްތީޞާދީ ދާއިރާގެ ރެގިއުލޭޓަރީ ފްރޭމް ވަރކްތަކާއި، ޤާނޫނުތައްވެސް ސަރުކާރުން ހަރުދަނާ ކުރަމުންދާ ކަމަށެވެ. އެގޮތުން އައިޕީ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ފަންނުވެރިންގެ ހައްގުތަކަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ބަރން ކޮންވެންޝަންގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު އައިޕީ އޮފީހެއް ރާއްޖޭގައި ޤާއިމުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
