
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދައުލަތުގެ ދަރަނި ދެއްކުމުގެ ޤާބިލްކަން ބޭރުގެ ފަރާތްތަކުން ވަޒަން ކުރުމަށް ބޭނުން ކުރާ އެއް ވަސީލަތަކީ ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ނެރޭ ރޭޓިންތަކެވެ. ރާއްޖޭގެ މާލީ ހާލަތު ވަޒަންކޮށް މިގޮތަށް ކްރެޑިޓް ރޭޓިންގ އެއް ދޭ އެއް ފަރާތަކީ ރޭޓިންގ އޭޖެންސީ މޫޑީސްއެވެ. މޫޑިސްއަކީ ޤައުމުތަކުގެ މާލީ ހާލަތާއި ދަރަނި ދެއްކުމުގެ ޤާބިލްކަން ހުންނަ މިންވަރާއި ގުޅޭގޮތުން ރިޕޯޓްތައް ނެރޭ އަމިއްލަ ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަދި ރާއްޖެއަށް އެހީދޭ ފަރާތްތަކުގެވެސް ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ރާއްޖެއިން އަދާކުރަން ޖެހިފައި އޮތް އިންތިހާއަށް ބޮޑު ދަރަންޏެވެ. އެ ދަރަނި އަނބުރާ ދެއްކުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދިޔަތާ ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ދިޔައީ ޚަރަދު ކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބަައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ދިޔައީ ގެއްލެމުންނެެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ރޭޓިން ދަށްވަމުންދާތާ އަހަރުތަކެއް ވެއްޖެ.
ހަމައެކަނި މޫޑީސްގެ ރޭޓީންގތަކަށް ބެލުމުން މިކަން ހާމަވެއެވެ. އަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މޫޑީސްއިން ދީފައި އޭރު އޮތީ، ސީ-ޑަބަލް އޭ 1 ރޭޓިން އެކެވެ. މި ރޭޓީން ދީފައިވަނީ 2021 ވަނަ އަހަރު އޮގަސްޓް މަހުއެވެ. މިއީ އޭގެ ކުރިން ދީފައިވާ ބީ-3 ރޭޓިންގ އަށް ވުރެ ދަށް ރޭޓިންގ އެކެވެ. ކޯވިޑުގެ ހާލަތާއެކު ރޭޓިންގ ދިޔައީ ދަށްވަމުންނެވެ. އޭގެ ފަހުން ރާއްޖޭގެ ރޭޓިން ދެން ބަދަލުވީ، ސީ-ޑަބަލް އޭ 2 ރޭޓިންގ އަށް ސެޕްޓެމްބަރ 2024 ގައި އެވެ. ރޭޓިން ދަށް ކުރި ސަބަބުތައްވެސް ހުއްޓެވެ. ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު 2026 އަށް ހަމަވާއިރު، 2025 އަދި 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނި އިންތިހާއަށް ބޮޑެވެ.
މިއާއެކު ދަރަނި ދެއްކުމާއި ބޭރު ފައިސާގެ އެހެނިހެން އިލްތިޒާމު ހަމަޖެއްސަން ބޮޑެތި ޚަރަދުތައް ކުރަން ޖެހިފައިވާއިރު، ދައުލަތުގެ ރިޒާވް 364 މިލިޔަން ޑޮލަރަށް ދަށްވުމާއި، ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމަށް ހުރި ހުރަސްތައް ރޭޓިންގ ދިން ސަބަބުތަކުގެ ތެރޭގައި މޫޑީސްއިން އޭރު ފާހަގަކުރިއެވެ. އޭގެ ފަހުން ޑިސެމްބަރު މަހު ރޭޓިން ދަމަހައްޓާ ނެގެޓިވް އައުޓްލުކްއެއް ދިނެވެ. މިކަމުން ދައްކުވައިދިނީ ހާލަތަށް ބަދަލެއް ނުގެނެވޭނަމަ އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮތް ކަމެވެ. މިދިޔަ އަހަރު ފަހުކޮޅު ރޭޓިންގ އަށް މި ބަދަލު ގެނެވުނު ސަބަބުތައް ގިނައެވެ. ސަރުކާރުން ހަވާލުވިއިރު ނިޒާމީ ގޮތެއްގައި މާލީ ދާއިރާގައި ހައްލު ކުރަން ޖެހުނު ގިނަ މައްސަލަތައް ހުއްޓެވެ. ކުރީގެ ސަރުކާރުން މިދިޔަ އަހަރަށް ތައްޔާރު ކުރި ބަޖެޓު ރޭވިފައި އޮތީ ސަޕްލިމެންޓަރީ ބަޖެޓެއް ނުލައި ކުރިއަށް ނުދެވޭ ފަދަ ގޮތަކަށެވެ. ފުނި ޖެހިފައިވާ ގިނަ މައްސަލަތަކެއް ނިއުޅައި ހައްލުކުރުމުގެ މަސައްކަތް އޭރުވެސް ސަރުކާރުން ވަނީ ފަށާފައެވެ. މި ބަދަލު ގެނައި ރިޕޯޓުގައިވެސް ސަރުކާރުން ހާލާތު ބަދަލުކުރަން މަސައްކަތް ކުރަމުންދާކަން މޫޑީސްއިން ފާހަގަކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުން
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓު ފީތަކަށް ބަދަލުތައް ގެނައެވެ. މިއާއެކު ދަރަނި ދެއްކުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފައިސާ ޖަމާކުރަން ފެށިއެވެ. މިގޮތުން ފަނޑުގައި ހުރި އަދަދު 15 މިލިޔަން ޑޮލަރުން 126 މިލިޔަން ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލުތަކާއެކު ބޭރު ޤައުމުތަކުގެ އިތުބާރު ހޯދައި، ސަރުކާރުން ކަށަވަރުކޮށްދިނީ ދިވެހިރާއްޖޭގެ މާލީ ހާލަތައް ބައިނަލްއަޤްވާމީ ބައިވެރިންގެ އިތުބާރު އޮތް ކަމެވެ. ދަރަނީގެ ބޮޑު ބައެއް ދައްކަން އޮތް އިނޑިއާ އަދި ޗައިނާއިންވެސް ދަރަނިތައް ދެއްކުމުގައި ލުއިތަކެއް ހޯދައި، އިތުރު އެހީތެރިކަން ހަރުދަނާ ޚާރިޖީ ސިޔާސަތެއްގެ ތެރެއިން ކަށަވަރު ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
