
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 69އަކަށް އުފުލިއްޖެއެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ސްރީ ލަންކާގެ 219،000އަށްވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. މި ޙާލަތުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި އެ ޤައުމުގައި މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ވީނުވީއެއް ނޭނގި 30އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ އާދަޔާޚިލާފަށް ގިނަ ޢަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައެވެ.
ފެންބޮޑުވުމުގެ ސަބަބުން ސްރީ ލަންކާގެ މޮރަގަހަކަންދަ ލައްގަލަ ބުރިޖު ވެސް ވަނީ ވެއްޓި ހަލާކުވެ ގޮސްފައެވެ. އެ ބުރިޖަކީ އެ ޤައުމުގެ ތިން ޑިސްޓްރިކްޓެއް ކަމަށްވާ މަތަލޭއާއި ޕޮލޮއްނަރުވާއާއި ކުރުނެގަލައާ ގުޅުވައިދޭ މައި ބުރިޖެކެވެ. މި ޙާލަތުގައި ސްރީ ލަންކާގެ އާންމު ދަތުރުފަތުރުގެ ނިޒާމުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެ ޤައުމަށް ދަތުރުކުރާ ގިނަ ފްލައިޓުތަކަށް ވަނީ އެހެން ވައިގެ ބަނދަރުތަކަށް މިސްރާބު ބަދަލު ކުރުމަށް މަޖުބޫރުވެފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 15 ފްލައިޓެއް ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖައްސައި މަތާލާ ރާޖަޕަކްސަ ވައިގެ ބަނދަރަށާއި އިންޑިޔާގެ ކޮޗިންއާއި ޓްރިވެންޑްރަމްގެ ވައިގެ ބަނދަރުތަކަށް ޖައްސައިފައެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ސްރީ ލަންކާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ. ނޮވެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ސްރީ ލަންކާގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން އިންޑިޔާގެ ޓަމިލް ނާޑޫއާ ދިމާލަށް އެއަށް ފަހު ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
