
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހޮންގ ކޮންގުގެ ޓައި ޕޯގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި ރޯވި އަލިފާނުގައި މަރުވި މީހުންގެ ޢަދަދު 128އަށް އުފުލިއްޖެއެވެ. ވޭންގ ފުކް ކޯޓަކީ ހޮންގ ކޮންގގެ ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްޤީކޮށްފައިވާ އިމާރާތްތަކެކެވެ. އެ ސަރަޙައްދުގައި 32 ފަންގިފިލާގެ ޖުމްލަ އަށް ޓަވަރު ހުންނައިރު، ގާތްގަނޑަކަށް 2،000 އެޕާޓްމަންޓުގައި 4،600އެއްހާ މީހުން ދިޔައީ ޓަވަރުތަކުގައި ދިރިއުޅެމުންނެވެ. ވޭންގ ފުކް ކޯޓުގެ ޓަވަރުތަކުގައި ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިޘާގައި އެ ސަރަޙައްދުގައި ހުންނަ އަށް ޓަވަރުގެ ތެރެއިން ހަތް ޓަވަރު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ހޮންގ ކޮންގުގެ އިދާރާތަކުން ބުނި ގޮތުގައި އަލިފާނުގެ ހާދިޘާގައި 128 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. އިތުރު 200 މީހުންގެ ޚަބަރެއް ވެފައިނުވާއިރު، މަރުވި މީހުންގެ ޢަދަދު އަދިވެސް ބޮޑުތަނުން އިތުރުވުން ވަރަށް ގާތެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ވޭންގ ފުކް ކޯޓުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާލައިފައެވެ. ނަމަވެސް ރޯވި އިމާރާތްތައް ތަހުޤީޤު ކުރުމުގެ ތެރޭގައި އެ ތަންތަނުން އިތުރު ހަށިތައް ފެނުން އެށީގެންވާ ކަމަށް ފުލުހުން ބުނެއެވެ.
އިދާރާތަކުން ބުނީ އަލިފާނުގެ ހާދިޘާ ހިނގިއިރު ޓަވަރުތައް މަރާަމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މަރާމާތުގެ ބޭނުމަށް އިމާރާތްތަކުގެ ބޭރުގައި ހުރީ ދަނޑި ބޭނުންކޮށްގެން ފެހިި ދާ ޖަހައިފައެވެ. އިމާރާތްތަކުގައި ހަލުވިކަމާއެކު އަލިފާން ފެތުރުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބަކީ އެ ތަކެތީގައި ފަސޭހަކަމާއެކު ހުޅުހިފުން ކަމަށް ބެލެވެއެވެ. އެނގިފައިވާ ގޮތުގައި ޓަވަރުތަކުގައި ހަރުކޮށްފައިވާ ފަރަޔ އެލާމްތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރެއެވެ. އަލިފާނުގެ ހާދިޘާއާ ގުޅިގެން ހޮންގ ކޮންގގެ ފުލުހުން ވަނީ މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޓަވަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނި ކަމަށްވާ ޕްރެސްޓީޖް ކޮންސްޓްރަކްޝަންގެ ދެ ޑިރެކްޓަރުންނާއި އިންޖިނިއަރިންގ ކޮންސަލްޓަންޓެއް ހިމެނެއެވެ. މި ހާދިޘާއާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުގައި 8 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި އިންޖިނިއަރިންގ ކޮންސަލްޓަންޓަކާއި ސަބް ކޮންޓްރެކްޓަރަކާއި މެދުވެރިއެއް ހިމެނެއެވެ.
މި އަލިފާނުގެ ހާދިޘާއަކީ 1962ވަނަ އަހަރުން ފެށިގެން ހޮންގ ކޮންގުގައި ހިނގާފައިވާ އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި އަލިފާނުގެ ހާދިޘާއެވެ. ހޮންގ ކޮންގުގައި ހިނގާފައިވާ އަލިފާނުގެ ހާދިޘާއަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ 1918ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިޘާއެއްގައެވެ. އެ ހާދިޘާގައި 600އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
