
(ފޮޓޯ ކްްރެޑިޓްސް: ރޮއިޓާރސް)
ދެކުނުއިރުމަތީ އޭޝިޔާގެ އެކި ސަރަޙައްދުތަކުގައި ބޯވާރެއާއި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 300އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޙާލުގައި ޖެހިފައިވާ ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމާއި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ގިނަ ޤައުމުތަކުން ފުޅާކޮށްފިއެވެ. ވަރުގަދަ ތޫފާނެއްގެ ސަބަބުން، ފާއިތުވި ހަފްތާގެ ތެރޭގައި އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ތައިލޭންޑަށް ވަނީ ރެކޯޑު މިންވަރަކަށް ވާރޭވެހިވެފައެވެ. ބޯކޮށްވާރޭވެހި ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، އެ ޤައުމުތަކުން މަރުވި މީހުންގެ ޢަދަދު މިހާރު 321 ވަނީ އަރައިފައެވެ.
މީގެއިތުރުން، ސްރީ ލަންކާއަށް ބާރުގަދަ ނަގޫރޯޅިއެއް އަރައި، ލިބުނު ބޮޑެތި ގެއްލުންތަކުގައި 46 މީހުން ވަނީ މަރުވެފައެވެ. ގާތްގަނޑަކަށް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގެ ސުމަތުރާއަށް ބާރުގަދަ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން އެ ރަށުގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސުމަތުރާގައި މިހާތަނަށް 174 މީހުން މަރުވެފައިވާއިރު، 70އަށް ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ ކާރިޘާތަކާބެހޭ އިދާރާއިން ބުންޏެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން، 1،000އަށް ވުރެ ގިނަ އާއިލާ ވަގުތީ ހިޔާވަހިކަމަށް ބޭނުންޖެހިފައިވާކަމަށް ބުނެފައިވެއެވެ.
ތައިލެންޑުގެ ދެކުނުގެ ނުވަ ޕްރޮވިންސެއްގައި ފެންބޮޑުވެފައިވާއިރު، ތިން މިލިޔަނެއްހާ މީހުންނަށް ވަނީ އެ ކަމުގެ އަސަރުކޮށްފައެވެ. އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކަށް ގޮސްފައެވެ. ތައިލެންޑުގައި 145 މީހުން މިހާތަނަށް މަރުވެފައިވާއިރު، އެ ސަރަޙައްދުތަކުގައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ސަލާމަތީ ހިސާބުތަކަށް ގެންގޮސްފައެވެ. ފެންބޮޑުވެފައިވާ ގިނަ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މެލޭޝިޔާގެ ހަތް ސްޓޭޓެއްގައި ފެން ބޮޑުވެ، އެ ޤައުމުގެ 34،000އަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ހިޔާތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. އެ ސްޓޭޓުތަކުގައި ހެދިފައިވާ ފެންގަނޑު މިހާރު ހިނދެން ފަށާފައިވި ނަމަވެސް ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި އިތުރު ތޫފާނެއް އަރާނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
