
ބާސެލޯނާއިން އިނގިރޭސި ފޯވަޑް ހެރީކޭން އަށް ޝައުގުވެރިކަން ފާޅުކުރަން ފެށުމުން އޭނާގެ ކުލަބު ޖަރުމަނުގެ ބަޔާން މިއުނިކުން ކުޅުންތެރިޔާ އޮބިއަޅުވަން ތައްޔާރުވާން ފަށައިފިއެވެ. އިނގިރޭސި ގައުމީ ކެޕްޓަން ބަޔާން މިއުނިކާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި 18 މަސް ދުވަސް އެބައޮތެވެ. ނަމަވެސް ބަޔާން މިއުނިކުން މިހާރު ބޭނުންވަނީ ކޭން އެކުލަބުގައި އިތުރަށް ބަހައްޓަން ކުލަބުގެ ގަވާއިދުތައް އިސްތިސްނާ ކޮށްލުމަށެވެ. ސްޕޭނުގެ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ ޕޮލިސީ އަކީ އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންނަށް އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ނުދިނުމެވެ. ނަމަވެސް ކޭން އަށް މި އުސޫލު އިސްތިސްނާ ކުރަން ބަޔާން މިހާރު ވަނީ ނިންމާފަ އެވެ.
ކޭންގެ އުމުރުން މިހާރު 32 އަހަރެވެ. އަންނަ ސީޒަން ފަށާއިރު އޭނާ އަށް 33 ވާނެ އެވެ. ބާސެލޯނާއިން އޭނާ އަށް ޝައުގުވެރިވީ އެ ކުލަބުގެ ކުރިއަށް ކުޅޭ މޮޅު އަދި އިތުބާރު ކުޅުންތެރިއަކު ހޯދުމުގަ އެވެ. ބާސެލޯނާގެ މާލީ ހާލަތު މިވަގުތު ކިތަންމެ ދަތިކޮށް އޮތް ނަމަވެސް އެ ކުލަބުން ޝައުގުވެރިވާ ވާހަކަ އިވުމާއެކު ބަޔާން މިއުނިކް މިކަމާ ސީރިއަސްވި ސަބަބުތަކެއްވެ އެވެ. އެންމެ ފުރަތަމަ ސަބަބަކީ މީގެ ތިން ސީޒަން ކުރިން އެ ކުލަބުގެ އިސް ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ބާސެލޯނާއިން 45 މިލިއަން ޑޮލަރު ދީފައި ގެންދިއުމުންނެވެ. އޭނާގެ އުމުރުން މިހާރު 37 އަހަރުވެފައިވުމާއި ގާތްގާތުގައި އިންޖަރިވާތީވެ ބާސެލޯނާއިން މިހާރު ވަނީ މި ސީޒަނަށް ފަހު ލެވޮންޑޯސްކީ ދޫކޮށްލަން ނިންމާފަ އެވެ. ދެ ވަނަ ކަމަކީ ކޭންގެ ކޮންޓްރެކްޓްގައިވާ ގޮތުން 65 މިލިއަން ޑޮލަރު ދީފައި އޭނާ ގެންދެވޭތީ އެވެ. އަންނަ އަހަރަކީ ބާސެލޯނާގެ އިންތިހާބީ އަހަރު ކަމަށް ވުމުން އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ މިފަދަ ކަމެއް ކޮށްފާނެ ކަމަށް ބަޔާނުން ގަބޫލުކުރެ އެވެ. ލެވޮންޑޯސްކީ އަށް 45 މިލިއަން ދީފައި ކޭން އަށް 65 މިލިއަން ޑޮލަރު ނުދެވެންވީ ސަބަބެއް ބަޔާނަކަށް ނުވިސްނެ އެވެ.
ކޭން ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ބާސެލޯނާއިން މިހާރު ވަނީ އެ ކުލަބަށް ލޯނު އުސޫލުން ކުޅެމުން އަންނަ އިނގިރޭސި ގައުމީ ފޯވަޑް މާކަސް ރަޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރަން މަސައްކަތް ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
