
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެކޮޅަށް ޗެލްސީ ނިކުންނައިރު އެ ޓީމުގެ މިޑްފީލްޑަރ ކޯލް ޕާމާ ފިޓްވާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ. މާދަމާ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ޕާމާ ހުރި މި މެޗުގައި ކުޅެވޭ ވަރަށް އެއްކޮށް ފިޓުކޮށް ކަމަށެވެ. “އަހަރުމެން އެންމެވެސް މިތިބީ ވަރަށް ހިތްހަމަޖެހިފައި. ޕާމާ މިހާރު ހުރި މި މެޗުގައި ކުޅެވޭނެ ވަރަށް އެއްކޮށް ފިޓުކޮށް.” މަރެސްކާ ބުންޏެވެ.
“ކޮންމެ ކުޅުންތެރިއެއްވެސް ބޭނުންވާނީ އަބަދުވެސް ހުރިހާ މެޗެއްގައި ކުޅެން އެހެންކަމުން ޕާމާވެސް ބޭނުންވޭ އަނިޔާއިން ރަގަޅުވެ އަވަހަށް ކުޅުމުގެ ތެރެއަށް އަންނަން.” މަރެސްކާ އިތުރަށް ބުންޏެވެ. އުމުރުން 23 އަހަރުގެ ޕާމާ އަށް ވަނީ މި ސީޒަން ފެށުނުއިރުވެސް އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި އަނިޔާގެ ސަބަބުން ހުރިހާ މުބާރާތެއްގައި މި ސީޒަނުގައި އޭނާއަށް ކުޅެވިފައިވަނީ ޖުމްލަ ފަސް މެޗުގަ އެވެ. ޕާމާ އެންމެ ފަހުން ޗެލްސީ އަށް ކުޅެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާ އަކުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ވަރަށް ކުރީކޮޅު ޕާމާ ވަނީ ބަދަލުކޮށްފަ އެވެ. ޕާމާ އަށް އަނިޔާވި ފަހުން ޗެލްސީ އިން ޖުމްލަ 13 މެޗެއް ކުޅެފައިވާއިރު އޭގެ ތެރެއިން 10 މެޗުން މޮޅުވެ ދެ މެޗުން ބަލިވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
2023 ވަނަ އަހަރު މެންޗެސްޓަރ ސިޓީ އިން 40 މިލިއަން ޕައުންޑުގެ ފީއަކަށް ޗެލްސީ އާއި ގުޅުނު ފަހުން ޕާމާ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ޕްރިމިއާ ލީގުގައި ޗެލްސީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
