
އަންނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ދާ ބްރެޒިލް ޓީމުގައި ހިމެނުމަށް ފޯވަޑް ނޭމާ ސަންޓޯސް ހަ މަސް ދުވަހުގެ މުހުލަތެއް ކޯޗު ކާލޯ އަންޗެލޯޓީ ދީފި އެވެ. ބްރެޒިލާ ހަވާލުވުމަށްފަހު ރަނގަޅު ނަތިޖާތަކެއް ނެރެމުން އަންނަ ކޯޗު ބުނީ އަނިޔާގެ ގައުމީ ސަބަބުން ގައުމީ ޓީމަށް ނުކުޅެވި ހުންނަތާ ދެ އަހަރުވެފައިވާ ފޯވަޑުގެ ވާހަކަ އަކީ ހަމައެކަނި ބްރެޒިލްގައި އޮތް ކަންބޮޑުވުމެއް ނޫން ކަމަށެވެ. މިހާރު ވެސް އޭނާ ގެންދަނީ ކުޑަހުޅަށް ލިބިފައިވާ ހާނިއްކައަކަށް ފަރުވާ ކުރަމުންނެވެ. “އަހަރެންނަށް ހީވަނީ ނޭމާގެ ވާހަކަ އަކީ ބްރެޒިލްގައި އޮތް މުހިންމު ވާހަކައެއްހެން. އެކަމަކު އަހަރެންގެ ނަޒަރުގައި އެއީ މުޅި ދުނިޔޭގައި އޮތް ވާހަކަ އެއް. މައްސަލައެއް. ނަސީބަތުން އޭނާ އެ ވަނީ އަނިޔާއިން ސަލާމަތްވެފައި. މިހާރު އޭނާ އަށް ހަ މަސް ދުވަސް އެބައޮތް ޓީމުގައި ހިމެނެން،” އަންޗެލޯޓީ ބުންޏެވެ.
ޔޫރަޕުގެ އެންމެ ނަން މަޝްހޫރު ޓީމުތަކަށް ކާމިޔާބު ހޯދައިން ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗު ބުނީ ނޭމާ އަކީ ވޯލްޑް ކަޕަށް ގެންދަން ބްރެޒިލްގެ ވިސްނުމުގައި އޮތް ނަމެއް ކަމަށެވެ. “އޭނާގެ ނަން ލިސްޓުގައި އެބައޮތް. ފައިނަލް ލިސްޓުގައި ހިމެނެން އޭނާ އަށް ބާކީ އޮތީ ހަ މަސް ދުވަސް. މި މުއްދަތުގައި އަހަރުމެން ދާނީ އޭނާ އާއި އެހެން ކުޅުންތެރިންގެ ހާލަތު ވެސް ގަވާއިދުން ބަލަމުން. ފައިނަލް ލިސްޓުގައި މައްސަލައެއް ނޫޅޭ ވަރަށް އަހަރުމެން ދާނީ ކުޅުންތެރިން މޮނިޓަރ ކުރަމުން،” އަންޗެލޯޓީ ބުންޏެވެ. އުމުރުން މިހާރު 33 އަހަރުގެ ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ބާސެލޯނާއިން ދުނިޔޭގެ ރެކޯޑް އަދަދަކަށް ފްރާންސްފެ ޕީއެސްޖީ އަށް ބަދަލުވުމަށްފަހު މިއަދާ ހަމައަށް އޭނާ އަށް ކުރިމަތިވާ މައިގަނޑު މައްސަލައަކީ ގާތްގާތުގައި އަނިޔާވުމެވެ. މިހެންވެ ކުޑައިރު ކުޅުނު ކުލަބު ސަންޓޯސް އަށް ބަދަލުވީ މިކަމުން އަރައިގަނެ ކުރީގެ ކުޅުންތެރިން ދެއްކުމަށެވެ. ނަމަވެސް މިހާތަނަށް ކުޅުނު 16 މެޗުން ޖެހުނީ އެންމެ ތިން ގޯލެވެ.
އަދި އަނިޔާގެ މައްސަލަތަކާހެދި ގިނަ މެޗުތަކެއް ވެސް ދަނީ ގެއްލެމުންނެވެ. އަންޗެލޯޓީ ބުނީ އޭނާ މިދިޔަ މޭމަހު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ފަހުން ނޭމާ ވަރަށް ބޮޑަށް ބަލަމުން އަންނަ ކަމަށެވެ. “ބްރެޒިލްގެ ޗެމްޕިއަންޝިޕް ޑިސެމްބަރު ހަތެއްގައި ނިމޭނެ. ދެން އޭނާ ޗުއްޓީ ހޭދަ ކުރުމަށްފަހު އަލުން ލީގުގައި ކުޅެން ފަށައި ބާކީ އޮތް ދުވަސްތަކުގައި އޭނާގެ ފެންވަރާއި ފިޓްނަސް ސާބިތުކޮށްދޭން ވާނެ. އޭނާގެ ނަމަކީ ޓީމުގައި އޮތް ނަމެއް،” އަންޗެލޯޓީ ބުންޏެވެ. އޭނާގެ ހަވާލުވި ފަހުން ބްރެޒިލް ޓީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް މޮޅުވުމުގެ ރޫހު އަށަގެންފައިވާ ކަމަށް ކުޅުންތެރިން ވެސް ވަނީ ބުނަން ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
