
އަންނަ ހަފުތާގައި އެމެރިކާގައި ބައްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރުމަށް އިރާނުން ވިސްނަން ފަށައިފިއެވެ. ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް މުބާރާތަށް ކޮލިފައިވެފައިވާ ގައުމުން މި ރަސްމިއްޔާތު ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައިވަނީ އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެމެރިކާ އަށް ވަޑައިގަތުމަށް ވިސާ ދޭނެ އެމެރިކާއިން ދެކޮޅު ހަދަމުންދާތީ އެވެ. “އިރާނުގެ ޑެލިގޭޝަނުން ވޯލްޑް ކަޕް ޑްރޯ އަށް އެމެރިކާ އަށް ނުދާނެ މިހާރު ކުރިމަތިވެފައިވާ ވިސާގެ މައްސަލަތަކުގެ ސަބަބުން،” އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ސްޕޯކްސް ޕާސަން އާމިރު މެހްދީ އަލަވީ ސިރާނުގެ ތަރަފްދާރީ ނޫހަށް ބުނެފައިވެ އެވެ. އިރާނުގެ ސިޔާސީ މީހުން އެމެރިކާ އަށް ދަތުރު ކުރުމަށް ވިސާ ދިނުން އެ ގައުމުން ހަރުކަށިކޮށްފައި އޮންނަތާ ވަރަށް ދުވަސްވެއްޖެ އެވެ.
އަލަވީ ވިދާޅުވީ ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތަށް އެމެރިކާ އަށް ވަޑައިގަތުމަށް އިރާނުން އެދެނީ ހަ މީހަކަށެށެވެ. މީގެ ތެރެއިން މިހާތަނަށް ވިސާ ދީފައިވަނީ ކޯޗު އާމިރު ގަލެނޭއޯ ހިމެނޭ ގޮތަށް ހަތަރު މީހަކަށެވެ. ވިސާދީފައިނުވާ އެންމެ އިސް މީހަކީ އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖެވެ. އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މިއީ ކުޅިވަރުގެ ރހާ ހިލާފު ކަމެއް ކަމަށާއި އެމެރިކާއިން މިފަދައިން އަމަލުކުރުމުން އެންމެ ގާތީ އީރާނުން އެމެރިކާގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުނުވުން ކަމަށެވެ. އެނާ ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
“މިހާތަނަށް ފީފާއިން ބުނެފައިވަނީ ތިކަން ސީރިއަސްކޮށް ބަލާނަމޭ އެކަނި،” މެހްދީ އަލަވީ ވިދާޅުވި އެވެ. އިރާނަކީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ވޯލްޑް ކަޕް ކުޅުނު އެއް ގައުމެވެ. އަންނަ އަހަރު އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ ގުޅިގެން ބާއްވާ މުބާރާތަށް އިރާން ކޮލިފައިވީ މިދިޔަ މާޗު މަހު 2-2އިން އުޒުބަކިސްތާނާ އެއްވަރުކުރި މެޗަށް ފަހު އެވެ. މިއީ އިރާނުން ވޯލްޑް ކަޕް ކުޅޭ ހަތް ވަނަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
