
ވިކްޓަރީ އަށް ދެ ލަނޑުގެ ލީޑްގެ ހިފަހައްޓާނުލެވި އީގަލްސް އަތުން 2-2 ން އެއްވަރުވެއްޖެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 މިނެޓް ނުވަނީސް ވިކްޓަރީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 10 މިނެޓް ނުވަނީސް ޖެހީ ބްރެޒިލްގެ ފޯވާޑް ވްލަޑްމިއާ އެވަޓަން އެވެ. އީގަލްސްގެ އޭރިއާ ބޭރުން އޭނާ އަށް ބޯޅަ ލިބުނު އިރު އޮތީ ހުސްކޮށެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލްގެ ތެރެއަށް ވެސް ބޯޅަ ފޮނުވާލީ ހަމަޖެހިލައިފަ އެވެ.
އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ނަގައި ދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން އޭނާ ވިކްޓަރީގެ ލީޑް ދެ ލަނޑަށް ފުޅާކޮށް ދިނެވެ. އީގަލްސްގެ ދެ ލަނޑު ވެސް ޖެހީ އެ ޓީމުގެ ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ) އެވެ. ވިކްޓަރީގެ އޭރިއާގެ ތެރެއިން އިސްމާއީލް އީސާ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ދިފާއު ކުރި އެވެ. ސީރިއާގެ ކީޕަރު މަހުމޫދު ދިފާއު ކުރި ބޯޅަ ރީބައުންސްވީ އޭރިއާ ތެރެއަށެވެ. އެ ބޯޅައިގެ ނުރައްކާ ކަނޑުވާލުމުގައި އޭރިއާގެ ތެރޭގައި ތިބި ވިކްޓަރީގެ ޑިފެންޑަރުން އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ. ބާރަށް ދުވެފައި އައިސް ރިޒޭ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރި ދެވަނަ ހާފުގަ އެވެ. އެ ލަނޑު ރިޒޭ ޖެހީ 63 ވަނަ މިނެޓްގަ އެވެ. ވިކްޓަރީގެ އޭރިއާގެ ބޭރުން ރިޒޭ އަށް ދިން ބޯޅަ ހޯދަން ވިކްޓަރީގެ ދެ ޑިފެންޑަރުން އޭނާގެ ގާތުގައި ވިއްދި އެވެ. އޭރިއާތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. ގޯލްދަނޑިގައި ޖެހިފައި ބޯޅަ ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު އީގަލްސްއިން ނިންމާލީ 13 ޕޮއިންޓާ އެކު އެވެ. ނުވަ މެޗުން ވިކްޓަރީ އަށް ހޯދުނީ އަށް ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
