
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ، މި މޮޅާއެކު މާޒިޔާ ލީގުގެ ފުރަތަމަ ބުރު ނިންމާލީ އެއްވަނައިގައޮވެއެވެ. މާޒިޔާ އިން ފުރަތަމަ ބުރުގެ މެޗުތައް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނުވަ މެޗުން 27 ޕޮއިންޓާ އެކުއެވެ.
ނިއު ފުރަތަމަ ބުރު ނިންމާލި ތިންވަނައިގައެވެ. އެއީ ކުޅުނު 9 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އަވަސް ހަލުވި ކުޅުމެއް ފެނިގެން ދިޔައިރު ދެޓީމުން ވެސް އެޓޭކްގައި ވަނީ ނުރައްކާ ކޮއްފައެވެ. ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން ލަނޑުޖެހީ ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފުގެ 9 ވަނަ މިނިޓުގައެވެ. އޭރިޔާ ތެރެއަށް ހުރަސްކޮއްލި ބޯޅައެއް ނިއުގެ ބްރެޒިލް މިޑްފީލްޑަރ ގޯމޭޒް ޑެ ސިލްވާ ގޯލަށް ބޯޅަ ވައްދަލީ ވެއްޓިގެން އޮވެ އެނބުރިފައެވެ.
މި ލަނޑަށްފަހު މާޒިޔާ އިން ހަމަލާތަށް އަވަސްކޮށް ނިއުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. އެގޮތުން އޭރިޔާ ތެރެއިން ސްޕެއިންގެ ސާޖިއޯ މެންޑީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާ ނުވިއިރު ގާނާގެ މިޑްފީލްޑަރ ރޭގަން އޮބޭންގް ފޮނުވާލި ބާރު ހަމަލާ ނިއުގެ ކިޕަރު ވަނީ ދިފާއުކޮއްފައެވެ. ނިއުގެ ޑެސިލްވާ ފޮނުވާލި ބޯޅައެއް ނިކްސޮން ބޮލުން ފޮނުވާލުމުން ގޯލާ ވަނީ އަމާޒު ނުވެފައެވެ. މާޒިޔާ އިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޭރިޔާ އަރިމަތިން ނަގައިދިން ހުރަހެއް ސާޖިއޯ މެންޑީ ފޮނުވާލުމުން ނިއުގެ ކުޅުންތެރިން ދިފާއުކުރަން ޖެހި ބޯޅައެއް އަހުމަދު އައިހަމްއަށް ލިބުމުން އޭނާ ގޯލަށް ވައްދައިލައިގެންނެވެ.
މަޒިޔާ މެޗުގެ ދެވަނަ ހާފު ޑޮމިނޭޓް ކޮއްގެން ކުޅުނުއިރު ލީޑު ނަގަން އައިހަމް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. މާޒިޔާ ލީޑު ނެގީ މެޗުގެ 68 މިނިޓުގައި އެރިއާ ތެރެއަށް ހުރަސްކޮއްލި ބޯޅަ ހަމްޒާ މުހައްމަދު އޭރިޔާ ތެރޭގައި ހުރެފަ ފޮނުވާލި ބޯޅަ ވަނީ ގޯލަށެވެ. މި މޮޅާއެކު މާޒިޔާއިން ފުރަތަމަ ބުރު ނިންމާލީ ތާވަލު ކުރީގަ 8 ޕޮއިންޓުގެ ލީޑަކާއެކުވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
