
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާމިން އުމަރު މޫސާ އަކީ ރާއްޖޭގެ ގައުމީ ބޮޑީ ބޮޑީ ލީގު 2025 ގެ ޗެމްޕިއަނެވެ. ގިނަ ދުވަސްތަކެއް ވަންދެން އަލީ ހުޝްރުވާން އަހުމަދު ދަމަހައްޓަމުން އައި “ޗެމްޕިއަން ޓައިޓްލް” އާމިން މިއަހަރު އުފުލާލީ ލީގުގައި ވާދަކުރި ތިން މުބާރާތުން އެއްކުރި ޕޮއިންޓްތަކާއެކު އެންމެ މަތިން ސްކޯ ކޮށްގެންނެވެ.
އާމިން ލީގު ޗެމްޕިއަންކަން ހޯދީ 2000 ޕޮއިންޓް ހޯދައިގެންނެވެ. އޭނާއާއި އެންމެ ކައިރިން ވާދަކުރީ ކުރި ކުރީގެ ލީގު ޗެމްޕިއަން، އަލީ ހުޝްރުވާނަށް ލިބުނީ 1720 ޕޮއިންޓެވެ. ރޭންކިންގެ ތިންވަނައިގައި 1340 ޕޮއިންޓާއެކު އޮތީ ކުރީ އަހަރުތަކުގައި ލީގުތަކުން ގިނަ ކާމިޔާބީތަކެއް ހޯދި ލ. ގަމުގެ އަލީ ޖާވިދު (ޖާއްޓޭ) އެވެ.
ލީގު ޗެމްޕިއަންކަންކަން ހޯދުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އާމިން ބުނީ ޗެމްޕިއަންކަން ލިބުމަށްވުރެ ބޮޑަށް އަބަދުވެސް އުފާ ކުރާކަމަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް އެތުލީޓު، ކުޑަ އައްޔަ އާއި އެކު ފައިނަލެއްގައި ވާދަކޮށްލަން ލިބުންކަމަށެވެ.
އަދި މިއަހަރުގެ ގައުމީ މުބާރާތާއި، ބުރުނު ޝިކާރާއި، ބަނޑުފިލާ ޗެލެންޖުގައިވެސް އެންމެ ބޮޑު އުފަލަކަށް އާމިން ދެކުނީ ދާއިރާގެ ތަޖުރިބާކާރު އަދި އާމިންގެ ކުރިއެރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސީނިއާ އެތުލީޓުންނާއެކު އެއް ހީޓުތަކެއްގައި ވާދަކޮށްލަން ލިބުމެވެ. އާމިން ބުނީ ނެޝަނަލް ބަނޑުފިލާ ޗެލެންޖަސް އޭނާ ޖެހި ހިސާބުތަކުންވެސް ލީގު ޗެމްޕިއަންކަން ކަށަވރުވާނެ ކަމުގެ ވަަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. މެންސް އޯޕަން ކެޓަގަރީގެ ތިންވަނަ އެމުބާރާތުން ލިބުނު ނަމަވެސް އަހަރުގެ ކުރީ ދެ މުބާރާތުން ހޯދި ޕޮއިންޓާއެކު އަޝްރަފް އަދި ކުޑަ އައްޔަ ފަދަ ސީނިއާ ބޮޑީބޯޑަރުން ކަޓުވާލުމަށްފަހު އާމިންނަށް ޗެމްޕިއަންކަން ލިބުމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާމިން އުމަރު މޫސާ އަކީ ރާއްޖޭގެ ގައުމީ ބޮޑީ ބޮޑީ ލީގު 2025 ގެ ޗެމްޕިއަނެވެ. ގިނަ ދުވަސްތަކެއް ވަންދެން އަލީ ހުޝްރުވާން އަހުމަދު ދަމަހައްޓަމުން އައި “ޗެމްޕިއަން ޓައިޓްލް” އާމިން މިއަހަރު އުފުލާލީ ލީގުގައި ވާދަކުރި ތިން މުބާރާތުން އެއްކުރި ޕޮއިންޓްތަކާއެކު އެންމެ މަތިން ސްކޯ ކޮށްގެންނެވެ. އާމިން ލީގު ޗެމްޕިއަންކަން ހޯދީ 2000 ޕޮއިންޓް ހޯދައިގެންނެވެ. އޭނާއާއި އެންމެ ކައިރިން ވާދަކުރީ ކުރި ކުރީގެ ލީގު ޗެމްޕިއަން، އަލީ ހުޝްރުވާނަށް ލިބުނީ 1720 ޕޮއިންޓެވެ. ރޭންކިންގެ ތިންވަނައިގައި 1340 ޕޮއިންޓާއެކު އޮތީ ކުރީ އަހަރުތަކުގައި ލީގުތަކުން ގިނަ ކާމިޔާބީތަކެއް ހޯދި ލ. ގަމުގެ އަލީ ޖާވިދު (ޖާއްޓޭ) އެވެ.
ލީގު ޗެމްޕިއަންކަންކަން ހޯދުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އާމިން ބުނީ ޗެމްޕިއަންކަން ލިބުމަށްވުރެ ބޮޑަށް އަބަދުވެސް އުފާ ކުރާކަމަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް އެތުލީޓު، ކުޑަ އައްޔަ އާއި އެކު ފައިނަލެއްގައި ވާދަކޮށްލަން ލިބުންކަމަށެވެ. އަދި މިއަހަރުގެ ގައުމީ މުބާރާތާއި، ބުރުނު ޝިކާރާއި، ބަނޑުފިލާ ޗެލެންޖުގައިވެސް އެންމެ ބޮޑު އުފަލަކަށް އާމިން ދެކުނީ ދާއިރާގެ ތަޖުރިބާކާރު އަދި އާމިންގެ ކުރިއެރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސީނިއާ އެތުލީޓުންނާއެކު އެއް ހީޓުތަކެއްގައި ވާދަކޮށްލަން ލިބުމެވެ.
އާމިން ބުނީ ނެޝަނަލް ބަނޑުފިލާ ޗެލެންޖަސް އޭނާ ޖެހި ހިސާބުތަކުންވެސް ލީގު ޗެމްޕިއަންކަން ކަށަވރުވާނެ ކަމުގެ ވަަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. މެންސް އޯޕަން ކެޓަގަރީގެ ތިންވަނަ އެމުބާރާތުން ލިބުނު ނަމަވެސް އަހަރުގެ ކުރީ ދެ މުބާރާތުން ހޯދި ޕޮއިންޓާއެކު އަޝްރަފް އަދި ކުޑަ އައްޔަ ފަދަ ސީނިއާ ބޮޑީބޯޑަރުން ކަޓުވާލުމަށްފަހު އާމިންނަށް ޗެމްޕިއަންކަން ލިބުމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
