
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުބާރާތްތަކުގައި ވާދަކުރާއިރު ކާމިޔާބީއަށް ވާޞިލުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަންކަމަށާއި، އެތުލީޓުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ބުރޫއަރާ އެންމެހާ ކަންކަމުން ދުރުވެތިބުމަށް ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް އިލްތިމާސްކުރައްވައިފިއެވެ.
ރައްޒާޤު މިކަމަށް އިލްތިމާސްކުރެއްވީ ކެރަމް ވޯލްޑްކަޕުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ޤައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނާއި މުޚާޠަބުކުރައްވައެވެ. އޭނާ ވިދާޅުވީ ނަފްސާނީ ދުޅެހެޔޮކަމަކީ ކާމިޔާބީއާއި ގުޅިލާމެހިފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އެތުލީޓުންނަށް ނަފްސާނީގޮތުން އުނދަގޫވެދާނެ އެންމެހާ ކަންކަމުން ދުރުވެ ތިބުމަކީ ކާމިޔާބީގެ އަމާޒަށް ވާޞިލްވުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމެއްކަމަށް އޭނާ ފާހަގަކުރައްވާފަވެއެވެ.
“އަބަދުވެސް ހަނދާންކުރާތި ތިޔަ ބޭފުޅުންގެ ކާމިޔާބީއާއި ތިޔަ ބޭފުޅުންނާ ދެމެދު ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް އެއީ މެންޓަލް ސްޓޭޓަސް. އެއްވެސް ސަބަބަކާހުރެ މެންޓަލް ސްޓޭޓަސްއަށް ބުރޫ އަރާ އެންމެހާ ކަމަކާ ތިޔަ ބޭފުޅުން ދުރުވެވޭތޯ މަސައްކަތްކުރާތި” ޤައުމީ ކެރަމް ޓީމާއި މުޚާޠަބުކުރައްވާ ރައްޒާޤް ވިދާޅުވިއެވެ. ކެރަމް ޓީމާއި މުޚާޠަބުކުރައްވާ ރައްޒާޤް އިލްތިމާސްކުރެއްވީ މުބާރާތުގެ ތެރޭގައި ޕްރެޝަރެއް އަތުވެދާނެ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށެވެ. އެކަމަކީ އެކުވެރިންގެ ފަރާތުން ވިޔަސް ނުވަތަ ސަރުކާރާއި އެސޯސިއޭޝަނުގެ ފަރާތުން ދިމާވާ ކަމެއްކަމަށް ވިޔަސް އެހުރިހާ ކަމަކާ ދުރުވެ ތިބުމަށް ރައްޒާޤްވަނީ ކުޅުންތެރިންނަށް އިރުޝާދުދެއްވާފައެވެ.
ރައްޒާޤު ވިދާޅުވީ ކޮންމެ ކުޅުންތެރިއަކުވެސް އަމާޒަށް ވާސިލްވުމަށްޓަކައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށެވެ. އަދި މިހާތަނަށް ދަސްވި އެންމެހާ ހުނަރުތައް މުބާރާތުގެ ތެރޭގައި ބޭނުންކޮށް އަމިއްލަ ވަންތަކަމާއެކު ކާމިޔާބަށް ވާޞިލްވުމަށް އޭނާ ގޮވާލައްވާފަވެއެވެ. “މިހާރު ތިޔަ ބޭފުޅުން ޤަބޫލުކުރައްވަންވާނެ ތިކުރެވުނު މަސައްކަތުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ކާމިޔާބުވާނެއޭ. ސޯ ބިލީވް އިން ޔޯރ ސެލްފް އެންޑް އެޕްލައި މި ދަސްވި ސްކިލްތައް. ތިޔަ ބޭފުޅުންގެ އަމިއްލަ ގޮތުގަ މިކަން އެންމެ ރަނގަޅަށް ކުރެވޭނީ މިގޮތަށްކަން ގަބޫލުކުރަންވީ” ރައްޒާޤް ވިދާޅުވެފަވެއެވެ.
ކޮންމެ އެތުލީޓެއްވެސް އެ އެތުލީޓެއްގެ އަމިއްމަ ގޮތުގައި ކުރިއަރަން ރައްޒާޤް އިރުޝާދުދެއްވިއެވެ. އޭނާ ވިދާޅުވީ އެހެން މީހުން ކަންކުރާ ގޮތް ނަކަލުކޮށް ކޮޕީކުރުމުގެ ބަދަލުގައި ތިމާ ކުރި އަރާ ދާނީ އަމިއްލަ ގޮތްތަކެއްގައި ހިފުމުންކަމަށެވެ. އެހެންކަމުން ޔަގީންކަމާއެކު ޤައުމަށްޓަކައި ނުކުމެ ހިތްވަރާއެކު ވާދަކޮށް ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ރައްޒާޤުވަނީ ޤައުމީ ކެރަމް ޓީމުގެ ކިބައިން އެދިލައްވާފައެވެ.
ހަތްވަނަ ކެރަމް ވޯލްޑް ކަޕު ކުރިއަށްދާނީ އަންނަ ޑިސެމްބަރުމަހުގެ 2 އިން 6 އަށް ބާސެލޯ ނަސަންދުރާގައިއެވެ. މިމުބާރާތުގައި 21 ޤައުމަކުން ވާދަކުރާނެއެވެ. ރާއްޖެއިން މިމުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 8 ކުޅުންތެރިން ވާދަކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
