
ރެއާލް މެޑްރިޑުގެ ކޯޗު ޒަބީ އަލޮންސޯގެ މަގާމު ކުޅުންތެރިން ދިފާއު ކޮށްދޭން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ޓީމުގެ ފޯވަޑް ކީލިއަމް އެމްބާޕޭ ވާހަކަ ދައްކައިފިއެވެ. ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވަނީ “އަލޮންސޯ ހިމާޔަތްދޭން ޖެހޭ. އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ،” ކަމަށެވެ.
އޭނާ މިހެން ބުނީ ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިން ކޯޗާމެދު ހިތްހަމަނުޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެވެމުންދާ ދަނޑިވަޅެއްގަ އެވެ. ފްރާންސްގެ ކެޕްޓަނަކީ އަލޮންސޯ އެންމެ ގަޔާވާ އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޓީމުގެ އެހެން ބައެއް ތަރިން ކަމަށްވާ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އާއި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމާއި ކީޕަރު ތިބައޫ ކޯޓުއާއި އާއި ދެ މިޑްފީލްޑަރުން ކަމަށްވާ ފްރެޑްރިކޯ ވަލްވާޑޭ އާއި އެޑުއާޑޯ ކަމަވިންގާ އަކީ އަލޮންސޯގެ ދެކެ ނުރިހިފައި ތިބި ކުޅުންތެރިންނެވެ. ސަބަބަކީ ގަވާއިދުން ޓީމުގައި ކުޅެން ފުރުސަތު ނުލިބުމާއި ކުޅުންތެރިން ލައްވައި ތަފާތު ސްޓައިލްތަކަށާއި ތަފާތު މަގާމުތަކަށް ގުޅުވާތީ އެވެ.
ނަމަވެސް އެމްބާޕޭ އަކީ އަލޮންސޯގެ އެއްވަނަ ފޯވަޑެވެ. ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ އޮލިމްޕިއާކޯސް ކޮޅަށް ވެސް ހަތަރު ގޯލު ޖަހައިފަ އެވެ. މެޗަށް ފަހު އަލޮންސޯ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރި އެވެ. “އޭނާގެ ދަނޑުމަތީގެ ކަންކަން އެކަންޏެއްނޫން. އާދައިގެ މީހެއްގެ ގޮތުގައި ވެސް އޭނާގެ ކެރެކްޓާ ފެންނަނީ ވަރަށް ރަނގަޅަށް. އަހަރެން ވަރަށް ހިތްހަމަ ޖެހޭ. ދެން ގޯލު ޖެހުމަކީ އެންމެ މުހިންމު ކަންތައް. އަހަރެން ދެކޭ ގޮތުގައި މުޅި ޓީމު ވަރަށް ރަނގަޅަށް ކުޅޭ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ ލިބޭ ފުރުސަތުތައް ރަނގަޅަށް ބޭނުން ކުރާތަން ފެނިގެންދޭ،” އަލޮންސޯ ބުންޏެވެ.
އޮލިމްޕިއާކޯސް މެޗަށް ފަހު ނޫސްވެރިން ވަނީ ރެއާލް މެޑްރިޑުން އޭނާ އަށް މާބޮޑަށް ބަރޯސާވޭތޯ އެމްބާޕޭ ކުރެން އަހައިފަ އެވެ. ޖަވާބުގައި އޭނާ ބުނީ “ތިޔައީ ރަނގަޅު ސުވާލެއްނޫން،” ކަމަށެވެ. “ތިޔައީ ރަނގަޅު ސުވާލެއްނޫން. އަހަރުމެން މޮޅުވަނީ ޓީމެއްގެ ގޮތުގައި. ވަކި މީހަކަށް ގޯލު ނުޖެހިގެން ވަކި މީހަކު ލައްވައި ޖައްސުވަން މި ގޮތަށް މަސައްކަތެއް ނުކުރޭ. މުޅި ޓީމުގެ މަސައްކަތުން އަހަރެން ވެސް ގޯލު ޖަހަނީ. އެހެން ކުޅުންތެރިންނާ ނުލައި އަހަރެންނަށް ވެސް މިކަމެއް ނުކުރެވޭނެ،” އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ އުފަލުގައި ހުއްޓަސް ފޯވަޑް ވިނީޝިއުސް ވަނީ ދާދި ފަހުން އެންމެ ރަނގަޅުވާނީ އޭނާ ރެއާލް މެޑްރިޑް ދޫކޮށް ދިއުން ކަމަށް ބުނެފަ އެވެ. އަދި އަލޮންސޯއާ މެދު ހިތްހަމަ ނުޖެހިން އޭނާ ވަނީ ކޮންޓްރެކްޓް އާ ނުކުރާނެކަން ވެސް މިހާރު ރެއާލް މެޑްރިޑަށް ރަސްމީކޮށް އަންގައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
