
އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ލިވަޕޫލް ބަލިވެ މިއިން ޒަމާނަކު ނުދާހާ ޓީމުގެ ނަތީޖާތައް ދަށްވުމުން އޭނާ އަށް މިހާރު ނުވެސް ނިދޭ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ. ލިވަޕޫލް އެންމެ ފަހުން ބަލިވީ ޗެމްޕިއަންސް ލީގުގައި ނެދަލޭންޑްސްގެ ޕީއެސްވީ އަތުންނެވެ. މިއާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރެމިއާ ލީގުގައި ވެސް އެ ޓީމުގެ ޓާގެޓާ ހަމައަށް ދަތުރު ކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ޕީއެސްވީ އަތުން ބަލިވުމުން ސަޕޯޓަރުން ވަނީ މެޗަށް ފަހު ލިވަޕޫލްގެ ކޯޗާއި ކުޅުންތެރިންނަށް ވެސް މަލާމާތް ކޮށްފަ އެވެ.
“ހެނދުނު ތާޒާކަމާއެކު ހުރުމަށް ބޭނުންވާ ވަރަށް އަހަރެންނަށް މިހާރު ނުނިދޭ. އަހަރުމެން ނަތީޖާތައް ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ. އަހަރުމެން ވަރަށް ބޮޑަށް އެ މަސައްކަތް ކުރަން މިއޮތީ ޖެހިފައި،” މިދޔަ ސީޒަނުގައި ޓީމާ ހަވާލުވެ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ. އޭނާ ބުނީ ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް މެނޭޖްމަންޓްގެ އިތުބާރު އޭނަ އަށް އެބައޮތް ކަމަށެވެ.
“ކޮންމެ ދުވަހަކު އެ މީހުން އަހަރެންގާތު އެ ވާހަކަ ނުބުންޏަސް އަހަރެންގެ ފުރަތަމަ ދުވަހާ އެއްގޮތަށް ގުޅުން ވަރަށް ރަނގަޅު. އެ މީހުން އަހަރެންނަށް އިތުބާރު ކުރޭ. އެކަމަކު އެއާއެކު އަހަރެން ވެސް ނަތީޖާތައް ރަނގަޅު ކުރަންޖެހޭ. ޓީމު ބަލިވަންޏާ ޒިންމާވާން ޖެހޭ މީހަކީ އަހަރެން. އަހަރެން ކަމެއް ކުޅުންތެރިން ލައްވައި ނަތިޖާ ނެރުމަކީ،” ކޯޗު ބުންޏެވެ.
މި ސީޒަނަށް ތައްޔާރުވާން ލިވަޕޫލުން ވަނީ 450 މިލިއަން ޑޮލަރު ހަރަދުކޮށް ބޮޑު އަގުގައި ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. ނަމަވެސް ގެނައި އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން މިހާތަނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިހެންވެ ސްލޮޓަށް ވަނީ ތަފާތު ފާޑުކިއުންތައް އަމާޒުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
