
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނޫން ގޮތަކަށް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕުގެ ޗެމްޕިއަން ސްޕޭން ވާދަ ނުކުރާނެ ކަމަށް ފީފާއިން ބުނެފިއެވެ. ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާއިން ނިންމާފައިވަނީ މި ދެ ގައުމުގެ އިތުރުން އެންމެ ފަހުގެ ރަނަރަބް ފްރާންސާއި އިނގިރޭސިން ވެސް ފައިނަލުގައި ނޫން ގޮތަކަށް ކުޅެން ނުޖެހޭ ގޮތަށެވެ. މި ގޮތަށް ހެދީ މުބާރާތުގެ ގުރު ނަގާއިރު މި ހަތަރު ގައުމު ދެ ފަޅި އަކަށް ބަހާލަން ނިންމައިފަ އެވެ.
މީގެ މާނަ އަކީ އާޖެންޓީނާ އާއި ސްޕޭން ދެ ފަޅިއަކުން ފައިނަލަށްދާން ވާދަކުރާއިރު އިނގިރޭސިންނާއި ފްރާންސްގެ ވެސް މުޅިން އެހެން ފަޅިއަކުން ފައިނަލަށް ދާން މަސައްކަތް ކުރުމެވެ. އޭރުން އެއް ބަޔަކު އަނެއް ބަޔަކަށް ވާދަ ކުރަން ޖެހޭނީ ފައިނަލުގަ އެވެ. ނަމަވެސް އާޖެންޓީނާ އާއި ސްޕޭން ކުރެ ޓީމަކަށް ސެމީ ފައިނަލުގައި ފްރާންސް ނުވަތަ އިނގިރޭސިންނާ ވާދަކުރަން ޖެހިދާނެ އެވެ. ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތުގައި ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ގުރު ނަގާއިރު ޔޫރަޕުގެ ދެ ގައުމަށްވުރެ ގިނަ ގައުމު އެއް ގްރޫޕެއްގައި ވެސް ނުހިމަނާނެ އެވެ. މީގެ ބޭނުމަކީ މުބާރާތުގައި އެއް ފެންވަރެއްގެ ޓީމުތައް އެއް ގްރޫޕަކަށް ދިޔަނުދީ މުބާރާތުގެ ވާދަވެރިކަން ހިފެހެއްޓުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ވޯލްޑް ކަޕު ގުރުނަގަން ޓީމުތައް ސީޑްކޮށްފައިވަނީ ހަތަރު ގްރޫޕަކެވެ. ބަލާފައިވަނީ ފިފާ ރޭންކިން އަށެވެ. މި ގޮތުން އެއްވަނާގައި ސީޑްކޮށްފައިވާ 12 ގައުމުގެ ތެރޭގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ މުބާރާތް ބާއްވާ ތިން ގައުމެވެ. އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ އެވެ. އޭގެ ފަހުން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ ނުވަ ގައުމެވެ. އެއީ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާއި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ރޭންކިންގެ ތިން ވަނާގައިވާ ފްރާންސް އަދި ހަތަރު ވަނާގައިވަނީ އިނގިރޭސިންގެ އިތުރުން ފަސް ވަނާގައިވާ ބްރެޒިލާއި ހަވަނާގައިވާ ޕޯޗުގަލް އާއި ހަތް ވަނާގައިވާ ނެދަލޭންޑްސް އަދި އަށް ވަނާގައިވާ ބެލްޖިއަމާއި ނުވަނާގައިވާ ޖަރުމަނެވެ. މީގެ ތެރެއިން ބްރެޒިލް އަކީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމެވެ. މިހެން ކަމުން ވޯލްޑްކަޕުގެ 12 ގްރޫޕް ގްރޫޕްތައް ބެހިގެންދާނީ މިއިން ކޮންމެވެސް ޓީމެއް ހިމެނޭ ގޮތަށެވެ.
ދެ ވަނަ ސީޑް ނުތަވަ ދެ ވަނަ ކެޓަގަރީގައި ވަނީ ކްރޮއޭޝިޔާ އާއި މޮރޮކޯ އާއި ކޮލަމްބިއާ އާއި އުރުގުއޭ އާއި ސްވިޒަލޭންޑް އަދި ޖަޕާނާއި ސެނެގާލް އާއި އިރާން އަދި ދެކުނު ކޮރެޔާ އާއި އިކުއެޑޯ އާއި އޮސްޓްރިއާގެ އިތުރުން އޮސްޓްރޭލިޔާ އެވެ. ތިން ވަނަ ކެޓަގަރީގައި ހިމެނެނީ އަލަށް ވޯލްޑް ކަޕަށް ހޮވުނު ނޯވޭ އާއި ޕެނަމާ އާއި މުސުރާއި އަލްޖީރިއާ އާއި ސްކޮޓްލޭންޑާއި ޕެރެގުއޭ އާއި ޓިއުނީޝިޔާ އާއި އައިވަރީ ކޯސްޓް އަދި އުޒުބަކިސްތާނާއި އެންމެ ފަހުގެ ވޯލްޑް ކަޕް ބޭއްވި ގަތަރާއި ސައޫދީ އަރަބިއާ އާއި ދެކުނު އެފްރިކާ އެވެ.
އެންމެ ފަހު ކެޓަގަރީގައި ހިމެނެނީ ޖޯޑަން އާއި ކޭޕްވާދޭ އާއި ގާނާ އާއި އެންމެ އާބާދީ މަދު ގައުމުގެ ގޮތުގައި މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވި މެދުތެރޭ އެމެރިކާގެ ކުރަކާއޯ އާއި ހައިޓީ އާއި ނިއުޒީލޭންޑެވެ. މި ކެޓަގަރީގެ ބާކީ ހަ ޖާގައިގެ ތެރެއިން ހަތަރު ޖާގަ ލިބޭނީ ޔޫރަޕުގެ ޕްލޭއޯފް ޗެމްޕިއަނުންނަށެވެ. އަނެއް ދެ ޖާގަ ލިބޭނީ އެހެން ބައްރުތަކުގެ ޕްލޭއޯފުން ކުރި ހޯދާ ދެ ޓީމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
