
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވެފައި ވާތީ، އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ. މިކަމާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ފާއިޒް ވަނީ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުހެއް މަރާލި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަލީމަތު ލަމްހާގެ ބަންދާ މެދު އޭނާ އަމަލުކުރި ގޮތެވެ.
އަލީ އަންވަރު، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ކޯޓުން ފަސް ދުވަހުގެ ބަންދު ދިނުމަށް ފަހު، އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމުން އޭނާ ލަންކާއަށް ފުރައިގެން ދިޔައެވެ. ފުލުހުންގެ މަސައްކަތުން އަލީ އަންވަރު ޑީޕޯޓްކޮށް ރާއްޖެ ގެނެސް އަލުން ހައްޔަރުކުރި އެވެ. އަލީ އަންވަރަކީ 2019 ވަނަ އަހަރު 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. ލަމްހާގެ މައްސަލައަށް ބަލާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ގާޒީ ފާއިޒް ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލާފައިވެ އެވެ. މި ނިންމުންތައް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެންމެ ފަހުން ވެސް އޮކްޓޫބަރު މަހު ލަމްހާ ދޫކޮށްލީ، މުޖުތަމައުއަށް އޭނާގެ ފަރާތުން އޮތް ނުރައްކަލުގެ އެސެސްމަންޓެއް ދައުލަތުން ނުހަދާތީ ކަމަށް ފާއިޒް ވިދާޅުވެ އެވެ. ނަމަވެސް، ފާއިޒް ސަސްޕެންޑުކުރި ފަހުން، މި މަހުގެ 4 ވަނަ ދުވަހު އަނެއްކާވެސް ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އެވެ.
ގާޒީ ފާއިޒް މީގެ ކުރިން 2021 ވަނަ އަހަރު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެފަހަރު ސަސްޕެންޑުކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލި މައްސަލައާ ބެހޭ ގޮތުން ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ އޯޑިއޯތައް ސައްހަ ނޫން ކަމަށް ނިންމުމުން އޭނާގެ ސަސްޕެންޝަން އުވާލި އެވެ. އަދި ހަސްމަކު ޝަރީއަތުގެ މަޖިލީހަށް ނުވައްދައި ހުކުމްކުރި މައްސަލައެއްގައި ވެސް ޖޭއެސްސީން އޭނާއަށް ނަސޭހަތްތެރިވެފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
