
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން، މިނިވަން ތަޙުޤީޤެއް ފަށާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވީޗަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސްޓެލްކޯގެ މުވައްޒަފަކު ފިހި އެކިވަރުގެ އަނިޔާތަށްވަނީ ލިބިފައެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާފައިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާދިސާގައި އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ ހުރިހާކަމެއް ޢާއިލާއާއި ގުޅިގެން އެކުންފުނިން ބަލަމުންދާކަމަށެވެ. މިކަމުގައި ޢާއިލާއަށް އިތުރު ތަކުލީފުތަކެއް ލިބިދާނެ ފަދަ މޭރުމަކުން ޚަބަރުތައް ނުފެތުރުމަށް އެކުންފުނިންވަނީ އިލްތިމާސްކުރައްވާފައެވެ.
ނޫސްބަޔާން: ހުޅުމާލޭ އިންޖީނުގޭގައި މިއަދު ހިނގައިދިޔަ ހިތާމަވެރި ހާދިސާއާއި ގުޅޭ pic.twitter.com/5Gzs4ZxSfA
— STELCO (@STELCOMALDIVES) November 26, 2025
މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ އިތުރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ. އަދި މިޙާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އެކަމުގައި ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގައި ހުންނަ ބައު އިންޖީނުގޭގެ ސްވީޗް ގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރަނިކޮށް ހިނގި އަލިފާނުގެ ޙާދިސާގައި 43 އަހަރުގެ ފިރިހެނެއް ވަނީ ފިހިފައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
