
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޮޑުތަކުރުފާނުގެ މަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ރަމަޟާންމަހުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. ސެގްމަންޓް 1ގައި ހިމެނެނީ އެމްޕީއެލްއިން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގއާ ދެމެދުގެ ސަރަހައްދެވެ. ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “ހަފުތާ 104” ޕްރޮގްރާމުގައި މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ ވަނީ، މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަހުމަދު ސަޢުދީ ވިދާޅުވީ، މި މަސައްކަތުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލް ސަރަހައްދަށް ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ރަމަޟާންމަހުގެ ކުރިން ނިންމުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތްކުރަމުންދަނީ ކާރުބާރު ބޮޑު އަދި ޚާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގައިކަމަށްވުމުން މަސައްކަތްކުރުމަށް ދަތިތަކެއް ކުރިމަތިވީނަމަވެސް، އެ ސަރަހައްދުގައި މަސައްކަތްކުރާ ވިޔަފާރިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުންލިބޭކަން ސަޢުދީ ފާހަގަކުރެއްވިއެވެ. ” މި ސެގްމެންޓުގަ މަސައްކަތްކުރަމުން މިދަނީ މާލޭގެ ވަރަށް ކާރުބާރު ބޮޑު ޚާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގަ. އެބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު މި މަސައްކަތް ނިންމާލެވިއްޖެނަމަ ފަހުން ފަސޭހަވާނެ”. އަހުމަދު ސަޢުދީ ވިދާޅުވިއެވެ.
މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިމަސައްކަތުގެ ދަށުން ޖުމްލަ 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެއެވެ. 4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، އުޅަނދު ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
