
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑުގެ ދެކުނުގެ ސަރަޙައްދުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެ ޤައުމުގައި މިއިން ޒަމާނަކު ފެންބޮޑު ނުވާ މިންވަރަށް ފެންބޮޑުވުމާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނާއި އަނިޔާވެފައިވާ މީހުން ސަލާމަތް ކުރުމަށް އެ ޤައުމުގެ އިދާރާތަކުން ފުޅާ ދާއިރާއެއްގައި މަސައްކަތް ފަށައިފިއެވެ. ބޯ ވާރޭގެ ސަބަބުން ތައިލެންޑުގެ ނުވަ ޕްރޮވިންސެއްގައި އާދަޔާ ޚިލާފަށް ބޮޑަށް ފެންބޮޑުވެ، ބައެއް އަވަށްތައް އޮތީ ފެނުއަޑީގައެވެ. ފެންބޮޑުވުމުގެ ސަބަބުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، މިލިޔަނެއްހާ ގެދޮރަށް އަސަރުކޮށްފައިވާއިރު، ދަތުރުފަތުރުގެ ނިޒާމުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ފެން ބޮޑުވުމުގެ ސަބަބުން މިހާތަނަށް 33 މީހުން މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އޭގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން އުފެދިފައިވާ ބާރު އޮއެގައި ޖެހި ބެހިގެން ދިޔަ މީހުންނާއި ގެނބިގެން މަރުވި މީހުންނާއި ކަރަންޓުގައި ޖެހިގެން މަރުވި މީހުންނާއި ޗަކަ ފޭބުމުގެ ހާދިޘާތަކުގައި މަރުވި މީހުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ފެންބޮޑުވުމުގެ ސަބަބުން 2.7 މިލިޔަނެއްހާ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ވެސް އިދާރާތަކުން އަންދާޒާ ކުރެއެވެ.
ކާރިޘާގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވާ އެއް ސިޓީ ކަމަށްވާ ތައިލެންޑުގެ ހަތު ޔާއިއަށް ރެކޯޑު ޢަދަދަކަށް ވަނީ ވާރޭ ވެހިފައެވެ. ނޮވެމްބަރު މަހުގެ 21ވަނަ ދުވަހު އެކަނި ވެސް އެ ސިޓީއަށް 335 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެއީ ފާއިތުވި 300 އަހަރުގެ ތެރޭގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު މިންވަރެވެ. ހުއްޓުމެއް ނެތި ތިން ދުވަސް ވަންދެން ވާރޭ ވެހުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ގޭގޭގެ ފުރާޅު މަތީގައި ވެސް ތާށިވެފައެވެ. ތިން ދުވަހުގެ ތެރޭގައި އެ ސިޓީއަށް 630 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ބޯވާރޭގެ ސަބަބުން ހަތު ޔައީ ސިޓީގެ މައި ހަސްފަތާލު ހުންނަ ސަރަޙައްދާއި އެ ހަސްފަތާލުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އެއްގަމު މަގުން އެ ހަސްފަތާލަށް ދާނެ މަގުތައް ވަނީ ބަންދުވެފައެވެ. ގާތްގަނޑަކަށް 600 ބަލިމީހުންނަށް ފަރުވާދޭ މި ހަސްފަތާލުގެ އައިސީޔޫގައި ވެސް 50 ބަލިމީހުން އެބަތިއްބެވެ. އެއާއެކު ޙާލުބޮޑު ބަލި މީހުން އެހެން ހަސްފަތާލުތަކަށް ވައިގެ މަގުން ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ހަސްފަތާލަށް ކޮންމެހެން ބޭނުންވާ އޮކްސިޖަން ޓޭންކާއި ޖަނަރޭޓަރާއި ކާބޯތަކެތި ވެސް ވައިގެ މަގުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތައިލެންޑުގެ އަސްކަރިއްޔާއިން ދަނީ މީހުން ސަލާމަތްކުރުމަށާއި ސާމާނު ފޮނުވުމުގެ މަސައްކަތުގައި ހެލިކޮޕްޓަރާއި ބޯޓު ހިމެނޭ ގޮތަށް ތަފާތު ވަސީލަތްތައް ބޭނުންކުރަމުންނެވެ. އަދި އަސްކަރީ މަތިންދާ ބޯޓު ވެސް ދަނީ ބޭނުންކުރަމުންނެވެ. ގިނަ ސަރަޙައްދުތަކަށް ވަނުމަށް އަދިވެސް ބޮޑެތި ދަތިތައް ހުރިކަން ފާހަގަކުރަމުން އަސްކަރިއްޔާއިން ބުނީ މީސްމީޑިޔާ މެދުވެރިކޮށް ވެސް 77،000އަށްވުރެ ގިނަ މީހުން އެހީއަށް އެދިފައިވާ ކަމަށެވެ. މިދިޔަ އަހަރު ވެސް ހަމަ މިފަދަ ގޮތަކަށް ތައިލެންޑާއި އަވަށްޓެރި ޤައުމުތަކަށް ވާރޭ ވެހި ފެންބޮޑުވެފައިވެއެވެ. މި އަހަރު ވެސް ތައިލެންޑުގެ އިތުރުން މެލޭޝިޔާއާއި އިންޑޮނޭޝިޔާއަށް ވެސް ދަނީ ބޯ ވާރޭ ވެހެމުންނެވެ. އިންޑޮނޭޝިޔާގައި ފެންބޮޑުވެފައިވާ އިރު ފެންބޮޑުވުމާއި ޗަކަ ފޭބުމުގެ ސަބަބުން އެ ޤައުމުގައި 13 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. އަދި މެލޭޝިޔާގައި ވެސް އެކަކު މަރުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
