
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހޮންގ ކޮންގގައި މީހުން ދިރިއުޅޭ އުސް އިމާރާތްތަކެއްގައި ރޯވެ، އަނދަމުންދާއިރު، އެ ހާދިސާގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ. ހޮންގ ކޮންގގެ އުތުރުގެ ޓައި ޕޯ އަވަށުގައި ހުންނަ އެ ހައުސިން އިމާރާތުގައި 2،000 އަށް ވުރެ ގިނަ ފްލެޓުގައި މީހުން ދިރިއުޅެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވާ ސިފައިންގެ މީހަކު ވެސް ހިމެނޭއިރު، ފިހިގެން ފަރުވާދެމުންދާ ތިން މީހެއްގެ ހާލު ސީރިއަސްކަމަށް ކަމާގުޅޭ އިދާރާއިން ބުންޏެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، އެ އިމާރާތުގެ ތެރޭގައި ތިބި މީހުންގެ އަދަދު ވެސް ސާފެއް ނުވެއެވެ.
ވޭންގް ފުކް ނަމަކަށް ކިޔާ، ޖުމްލަ އަށް ޓަވަރު ހުންނަ އެ ހައުސިން އިމާރާތަކީ ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. އެތަނުގެ ކޮންމެ ޓަވަރެއްގައި 31 ފަންގިފިލާ ހުންނައިރު، އެތަނުގައި 1983ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅެމުންދާ ކަމަށް ބުނެފައިވެއެވެ. ހާދިސާ ހިނގީ، އެ ޓަވަރުތަކުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާގުޅޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
