
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޯކޮށް ވާރޭވެހި ފަލަސްޠީނުގެ ޣައްޒާގެ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެ، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ހާލަތު ދަށްވެ، އިތުރު ކެކުޅުމާ ކުރިމަތިލާން ޖެހިއްޖެއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިފައެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގައެވެ. ދެ އަހަރު ދުވަހަށް ކުރިއަށް ގެންދިޔަ ޤަތުލުޢާންމުގައި ޣައްޒާއިން 69,000އެއްހާ މީހުން ޝަހީދު ކޮށްލިއެވެ. އަދި، ޢާންމުންގެ ގެދޮރުގެ ބޮޑު އިންސައްތައެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލިއެވެ. ޣައްޒާއަށް މި ވަގުތު މޫސުން ގޯސްވެ، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުންދާއިރު، ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި، ފޭލިގެތަކަށް ފެން ވަދެ، އެ ތަންތަނުގެ އަހުލުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
ޣައްޒާގެ ރައްޔިތުންގެ ކުރިމަތީގައި އޮތީ ފިނިމޫސުމެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ފިނިމޫސުން ފެށިގެން ދިޔުމާ އެކު ފޭލިގެތަކުގައި ދިރިއުޅެމުންދާ އެތަކެއް ސަތޭކަ ބަޔަކު އިތުރަށް ހާލުގައި ޖެހި، ތަހައްމަލު ކުރަން ޖެހިފައިވާ ތުރާ ބޮޑުވެގެންދާނެއެވެ. “ތަހައްމަލު ކުރަމުން މި ދާ ތުރާ، މި ވާރޭ – ލޯ ޕްރެޝަރު މޫސުމީ ނިޒާމު އަދި ނުވެސް ފެށޭ. ފިނިމޫސުން އަދި ނުވެސް ފެށޭ، އެ ކަމަކު މިިހާރު ވެސް ކުރިމަތިލާން ޖެހިފައި މި ވަނީ ފެންބޮޑުވުމާއި ނިކަމެތިކަމާ،” ޣައްޒާގައި ފޭލިގެއެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ އުއްމު އަޙްމަދު ޢޫދަތު ބުންޏެވެ. އޭނާ ދިރިއުޅެމުންދާ ފޭލިގޭގެ ހާލަތު ކިޔައިދެމުން އޭނާ ބުނީ، އެއީ ދެ އަހަރު ވެފައިވާ ފޭލިގެއެއް ކަމުގައެވެ. އަދި، އެ ތަނުގައި ދަމާފައިވާ ސަތަރިތަކަށް ވެސް ދެ އަހަރުވެ، ބައުވެފައިވާ ކަމުގައި އޭނާ ބުންޏެވެ. ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާތަކުގެ ވިއުގައިގެ ވެރިޔާ އަމްޖަދު އަލް-ޝައްވާ ވިދާޅުވީ ޣައްޒާގައި 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގައި ކަމުގައެވެ. އަދި، އޭގެ ތެރޭގައި އަދިވެސް ހިޔާވަހިކަން ނެތް މީހުން ތިބި ކަމަށާއި، އެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް 300,000އެއްހާ އިތުރު ފޭލިގެ ބޭނުންވާ ކަމުގައެވެ.
ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، ގެދޮރު ނެތް އެތަކެއް ހާސް ބަޔަކު ދިރިއުޅެމުން ދިޔަ ފޭލިގެތަކުގައި ފެންބޮޑުވެފައިވާ ކަމުގައެވެ. އަދި، ބައެއް ފޭލިގެތަކަށާއި، ހިފައިގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހަސްފަތާލެއްގައި ދެމުން ދިޔަ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ވެސް މެދުކަނޑައިލަން ޖެހުނެވެ. އެކުވެރި ދައުލަތްތައް (އދ)ން ބުނީ، ފިނިމޫސުން ފެށުމުގެ ކުރިން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޔަހޫދީން އެ ކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ، އދން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސްތައް ކުރިމަތި ކުރަމުންނެވެ. މިއީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ރައްޔިތުންނަށް އިތުރަށް ބިކަކޮށްލުމުގެ ނިޔަތުގައި ހިންގާ ޖަރީމާއެކެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
